ޢާޒިމާ ޝަކޫރުގެ ޝަރީޢަތް ތާވަލްކޮށްފި!

Loading

Facebook
Twitter
WhatsApp

ކުރީގެ ބަންޑާރަ ނައިބު ޢާއިޝަތު އާޒިމާ ޝުކޫރުގެ މައްޗައް ކުރެވޭ ދައުވާތަކެއްގެ އަޑުއެހުން މިއަދަށް ތާވަލްކޮށްފިއެވެ. މިއަޑުއެހުން އޮންނާނީ މިއަދު ހެނދުނު 10:30 ގައި ކްރިމިނަލް ކޯޓުގައެވެ.

އާޒިމާގެ މައްޗައް ދައުލަތުން ވަނީ ދެ ދައުވާއެއް ކޮށްފައެވެ. މި ދައުވާތަކަކީ:

* ދައުލަތުގެ ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ.

* މަނީ ލޯންޑަރިންނަށް މަގުފަހި ކޮށްދިނުމުގެ ކުށުގެ ދައުވާ.

މި ދެ ދައުވާއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުމަކީ ޕްރިލިމިނަރީ އަޑުއެހުމެކެވެ. މިމައްސަލައިގެ ޕްރިލިމިނަރީ އަޑުއެހުމެއް ކުރިން މިމަހުގެ 11 ވަނަ ދުވަހުވެސް ބޭއްވި ނަމަވެސް، އާޒިމާ ވަނީ އަލުން ޕްރިލިމިނަރީ އަޑުއެހުންތައް ބާއްވައިދިނުމަށް އެދިފައެވެ.

އާޒިމާ ޝަކޫރުވަނީ ދައުލަތުގެ އެކި އެކި އިސް މަޤާމުތައް ފުރުއްވައިފައެވެ. އެގޮތުން އޭނާ ވަނީ ރައީސް އޮފީގެ ލީގަލް އެފެއަރޒް މިނިސްޓަރ ކަން ވެސް ކުރިން ކުރައްވައިފައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރކަން ވެސް ކުރައްވައިފައެވެ. ހަމަ އެއާއިއެކު ޖެންޑަރ މިނިސްޓްރީގެ މަޤާމުތައްވެސް ފުރުއްވިއެވެ. އާޒިމާ ޝަކޫރަކީ ދިވެހި ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަ ނައިބެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް