އައްޑޫގައި ނުރައްކާތެރި މާރާމާރީއެއް ހިނގައިފި!

Loading

Facebook
Twitter
WhatsApp

އައްޑޫ އަތޮޅު ހިތަދޫގައި ރޭ ދަންވަރު ނުރައްކާތެރި މާރާމާރީއެއް ހިނގައިފިއެވެ. ބެލެވޭ ގޮތުގައި މިއީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެކެވެ.

މިމާރާމާރީގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މަޢުލޫމާތު ލިބޭގޮތުގައި އޭނާގެ ހަށިގަނޑުގެ އެކިތަންތަނަށް ކަތިވަޅިއެއް ފަދަ އެއްޗަކުން ބޮޑެތި ޒަޚަމްތަކެއް ވަނީ ދީފައެވެ. އަދި އެއްއަތުން ބައެއް ބުރިވެފައި ވާކަމަށްވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މައުލޫމާތު ލިބޭގޮތުގައި ޒަޚަމްވި މީހާގެ އަތުން ދެއިނގިއްޔެއްވަނީ އެއްކޮށް ބުރިވެފައެވެ. އަދި ބުރަކަށްޓަށްވެސް ވަނީ ކަތިވަޅިން ހަމަލާދީ 4 ތަނަކުން ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފައެވެ. މަންޒަރުދުށް ބައެއް ފަރާތްތަކުން ބުނި ގޮތުގައި ޒުވާނާއޮތީ ލެއިން ތަތްތެޅިފައެވެ. އަދި ޒަޚަމްވި ޒުވާނާއަށް އެވަގުތު ހަރަކާތް ނުކުރެވޭ ކަމަށް މަންޒަރުދުށް ފަރާތްތައް ބުނެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މާރާމާރީގެ ރިޕޯޓްކޮށްފައިވަނީ ރޭދަންވަރު 12:38 ހާއިރުއެވެ. އަދި ފުލުހުން އިތުރަށް ބުނިގޮތުގައި މާރާމާރީގެ ތެރެއިން އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އަދި އޭނާއަށް އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުންވެސް ރޭވަނީ ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމުގެ ދެމައްސަލައެއް ފެންމަތިވެފައެވެ. އެއީ ށ.ފޯކައިދޫގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާއި، މާލޭގައި ވަޅިން ހަމަލާދީ މީހަކު ޒަޚަމް ކޮށްލި މައްސަލައެކެވެ. މިކަން ކަން ފުލުހުން މިހާރު ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

Loading

One Response

Leave a Reply to ކަލީމް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް