277 ޤާނޫނީ ވަކީލުން ވަކީލުކަމުގެ ހުވާ ކުރައްވައިފި!

Loading

Facebook
Twitter
WhatsApp
     277 ޤާނޫނީ ވަކީލަކު ވަކީލު ކަމުގެ ހުވާ ކުރައްވައިފިއެވެ. ވަކީލުން ހުވާކުރައްވައިފައިވަނީ އެކަމަށްޓަކާ އިއްޔެ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މިވަކީލުން ވަކީލުކަމުގެ ހުވާ ކުރެއްވީ ބާކައުންސިލުން ހިންގި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހުގައެވެ.
      ބާކައުންސިލުން ހިންގި މިޕްރޮގްރާމަކީ އެއްމަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައި ވަނީ އެކިއެކި މާއްދާތައް ކިޔަވައިދީފައެވެ. އެގޮތުން މޯލްޑިވްސް ލީގަލް ސިސްޓަމާއި، ކްރިމިނަލް ޕްރޮސީޖާއާއި، ސިވިލް ޕްރޮސީޖާއާއި، ޕްރޮފެޝަނަލް އެތިކްސްއާއި، ޑަރާފްޓިން އަދި ދިވެހިބަސް ބޭނުންކުރުމާއި ބެހޭ ބައިތައް ވަނީ ކިޔަވައިދީފައެވެ.
      އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވަކީލުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ.
       މިއީ މިފަދަ ގޮތަކަށް ބާކައުންސިލް އުފެދިގެން އައިފަހުން ވަކީލުންނަށް ތަމްރީނު ދެވިގެން ލައިސަންސް ދެވުނު ފުރަތަމަ ފަހަރެވެ. މިހުރިހާ ވަކީލުންވެސް ދެން އެންމެ އަވަހަށް އޮންނަ ބާކައުންސިލްގެ އިމްތިހާންގައި ބައިވެރިވުންވަނީ ލާޒިމް ކޮށްފައެވެ.
       ޤާނޫނީ ދާއިރާއަކީ މިއަދު ގިނަ ޒުވާނުންތަކެއް އުފެދެމުން އަންނަ ދާއިރާއެކެވެ. ނަމަވެސް މިދާއިރާގައި އެކަށީގެންވާ މިންވަރަށް ފުރުސަތުތައް ރާއްޖޭގައި ނެތްކަމީ އަބަދުވެސް އަޑުއިވެމުން އަންނަ ޝަކުވާއެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް