ލިވަޕުލާއި އެވަރޓަން އެއްވަރުވެ ދެޓީމަށް ޕޮއިންޓެއް!

Loading

Facebook
Twitter
WhatsApp

އިނގިރޭސި ޕްރިމިއަރ ލީގުގައި އިއްޔެ ލިވަޕޫލާއި އެވަރޓަން ބައްދަލު ކުރި މެޗް 2-2ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ. މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ.

މެޗުގެ ފުރަތަމަ ގޯލް ފުރަތަމަ ހާފް ފަށައިގެން 3 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ލިވަޕޫލްގެ ފޯވަރޑް ސާދިޔޯ މާނޭ އެވެ. މެޗްގެ އެހާ ކުރީކޮޅު މިލަނޑު ކާމިޔާބުކުރުންވީ ގިނަބަޔަކަށް ލިބުނު ހައިރާން ކަމަކަށެވެ. އޭގެ ފަހުން މާގިނައިރުތަކެއް ނުވެ ލިވަޕޫލްގެ ސެންޓްރަލް ޑިފެންޑަރ ވާޖިލް ވެންޑައިކް އަށް އަނިޔާވެ އޭނާ ވަނީ މެޗް ދޫކޮށްލަން ޖެހިފައެވެ.

އެވަރޓަންގެ ފުރަތަމަ ގޯލް މެޗްގެ 19 ވަނަ މިނިޓުގައި ލިބުނު ކޯނަރަކުން ކާމިޔާބު ކޮށްދިނީ މ.ކިއާނެއެވެ. މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެޓީމް ހަމަހަމަވެފައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ފުރަތަމަ ލީޑް ނެގީ ލިވަޕޫލް އިންނެވެ. މިގޯލް މެޗްގެ 72 ވަނަ މިނިޓުގައި ކާމިޔާބު ކޮަށްދިނީ ލިވަޕޫލްގެ ފޯވަރޑް މުޙައްމަދު ޞަލާޙްއެވެ. ލިވަޕޫލްގެ މޮޅުވުމުގެ އުއްމީދަށް ނިމުމެއް ގެނައީ އެވަރޓަންގެ ކެލްވަރޓް ލެވިން މެޗްގެ 81 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިން ގޯލާއިއެކުއެވެ. މެޗްގެ އިތުރުވަގުތުގައި ލިވަޕޫލުންވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަަހު އެއީ އޮފްސައިޑް ގޯލެއް ކަމަށް ރެފްރީވަނީ ނިންމައިފައެވެ.

މިމެޗްގައި އެއްވަރުވުމުގެ ސަބަބުން ދެޓީމަށްވެސް ލިބިގެން ދާނީ އެއް ޕޮއިންޓެވެ. މެޗަށްފަހު ރެފްރީގެ ނިންމުންތަކަށް ގިނަބަޔަކު ވަނީ ފާޑު ކިޔައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް