ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް!

Loading

Facebook
Twitter
WhatsApp

ކޯވިޑް19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއްދީ، އައު އުސޫލުތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ޢާއްމު ކޮށްފިއެވެ.

މިފަހަރު ދިން ލުއިތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ބޭރުގައި އުޅުން މަނާ ވަގުތު ރޭގަނޑު 11 އިން ފަތިހު 4 އަކަށް ބަދަލުކުރުމެވެ. މިއާއިއެކު ރޭގަނޑު 11 އާއި ހަމަޔަށް ވެހިކަލް ދުއްވުންވެސް ހުއްދަ ވާނެއެވެ.

އެޗްޕީއޭއިން ނެރުނު މި ބަޔާނުގައި ވާގޮތުން ކެފޭ ރެސްޓޯރެންޓްތަކުގެ ޚިދުމަތް ދެވޭ ގަޑިތަކަށްވެސް މިވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިފަދަ ތަންތަން ހިންގުން މަނާ ގަޑިއަކީ ރޭގަނޑު 10:30 އިން ފަތިހު 5 އަކަށެވެ. މިއީ ވިޔަފާރިވެރިންނަށް ލިބުނު އުފާވެރި ޚަބަރެކެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް19 އަށް 11،000 އަށް ވުރެން ގިނަ މީހުން ފައްސިވެފައިވާއިރު، މިހާރުވެސް 1000އަށް ވުރެން ގިނަ މީހުން މިބަލި ތަޙައްމަލު ކުރަމުން އެބަގެންދެއެވެ.

https://www.gazette.gov.mv/gazette/download/5878

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް