18 އޮކްޓޫބަރުން ފެށިގެން ރާއްޖެ އެތެރެވުމުގެ ހަރުކަށި އުސޫލުތަކެއް!

Loading

Facebook
Twitter
WhatsApp

މިހިނގާ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެވުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައަޅާ އެކަން އިޢުލާން ކޮށްފިއެވެ. މި އުސޫލުތައް ވަނީ ޤަތަރު އެއަރވޭސް ފަދަ ދުނިޔޭގެ މަޝްހޫރު އެއަރލައިންތަކުންވެސް ދަތުރުވެރީންގެ ސަމާލުކަމަށް ގެނެސްފައެވެ.

މިއުސޫލުތަކުގައިވާ ގޮތުން ދަތުރުވެރީންނަށް ރާއްޖެ އެތެރެވެވޭނީ ކޯވިޑް19 އަށް ޕީސީއާރު ޓެސްޓެއް ހެދުމަށް ފަހުގައެވެ. މި ޓެސްޓްކުރުމަށް ނަގާ ސާމްޕަލް ނަގަން ޖެހޭނީ އެންމެ ލަސްވެގެން ދަތުރުގެ 96 ގަޑިއިރު ކުރިން ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ. އަދި ޓްރާންސިޓް ދަތުރެއްނަމަ މިނަތީޖާ ބަލައިގަންނާނީ ޓްރާންސިޓްވާ ތަނުގައި 24 ގަޑިއިރަށް ވުރެން ގިނައިރު މަޑުނުކުރާ ނަމައެވެ. އަދި އުމުރުން އެއްއަހަރުނުވާ ކުޑަކުދިން މިޓެސްޓްތައް ހަދާކަށް ނުޖެހެއެވެ.

ޕީސީއާރު ޓެސްޓްގެ ރިސަލްޓް ހުށަހަޅާ ލިޔުމުގައި ކޮންމެހެން ހިމަނަން ޖެހޭ މަޢުލޫމާތުތަކެއްވެސް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ފަސިންޖަރުގެ ނަމާއި، ޕާސްޕޯޓް ނަންބަރާއި، ޓެސްޓްކުރި ލެބޯޓަރީގެ ނަމާއި އެޑްރެހާއި، ކޮންބާވަތެއްގެ ޓެސްޓެއްކަން އަދި ޓެސްޓްގެ ނަތީޖާ ކޮންމެހެން ހިމަނަން ޖެހެއެވެ.

މީގެ އިތުރުން ދަތުރުގެ 24 ގަޑިއިރު ކުރިން ދަތުރުވެރިންގެ ހާލު ބަލާ ފޯމެއް އިމިގްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ފުރުމަށްފަހު، ސަބްމިޓް ކުރުމަށް ވަނީ ލާޒިމް ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް