ކަރަންޓު ބިލުތަކާއި ގުޅިގެން ޝަކުވާގެ ގޮތުގައި 659 ފޯނު ކޯލު ވަނީ ލިބިފައި: ސްޓެލްކޯ

Loading

Facebook
Twitter
WhatsApp

ކަރަންޓު ބިލުގެ ޝަކުވާއަށް ހުޅުވާލުމުން މިހާތަނަށް 659 ފޯނު ކޯލު ލިބިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 

ފާއިތުވި މަހުގެ ކަރަންޓު ބިލު ބޮޑުވެފައިވާކަމަށް އާންމުންގެ ޝަކުވާ ލިބެންފެށުމުން މިދިޔަ ހަފްތާގައި ސްޓެލްކޯއިން ވަނީ ކަރަންޓު ބިލުތަކާއ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމަރ ސާވިސް އެންޑް ބިލިންގ ނަންބަރު 7788438 އަށް ހުށަހެޅުމަށް އެދިފައެވެ. 

އެގޮތުން މިކަމަށް އިޝާރާތްކޮށް އެ ކުންފުނިން މިއަދު ބުނީ ކަރަންޓު ބިލްތަކާއި ގުޅިގެން މިހާތަނަށް ޝަކުވާގެ ގޮތުގައި 659 ފޯނު ކޯލު ލިބިފައިވާ ކަމަށެވެ. 

ހަމައެހެންމެ 6135 މެސެޖު ލިބިފައިވާ ކަމަށާއި މެސެޖުތައް ލިބިފައިވަނީ ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް ކަމަށް ސްޓެލްކޯއިން ހާމަކޮށްފައި ވެއެވެ. 

މީގެ އިތުރުން މިހާތަނަށް ހުރިހާ ފޯނުކޯލަކަށް އެޓެންޑް ވެފައިވާއިރު ކުރިންވެސް ހާމަކޮށްފައިވާގޮތަށް ހުރިހާ ޝަކުވާއަކަށްވެސް 24 ގަޑިއިރުގެ ތެރޭގައި އެޓެންޑްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް