ކަރަންޓް ބިލު ބޮޑުވުމުން މުޒާހަރާކޮށްފި: “ސަރުކާރުން ދަނީ ކަރަންޓު ބިލުތައް އޮޅުވާލަމުން“

Loading

Facebook
Twitter
WhatsApp

މި ހުސްވި މަހުގެ ކަރަންޓު ބިލުތައް ބޮޑުވެފައިވާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް އާއްމު ރައްޔިތުން މިއަދު މުޒާހަަރާކޮށްފިއެވެ.

މިއަދު ހަވީރު 16:00 ގައި މި މުޒާހަރާ ކުރިއަށްދިޔައީ ސްޓެލްކޯ ކުރިމަތީގައެވެ.

އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ކަރަންޓު ބިލުތައް ބޮޑުވުމާ ދެކޮޅަށް އަޑު އުފުލާފައެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ މި ސަރުކާރުން ދަނީ ކަރަންޓު ބިލުތައް އޮޅުވާލަމުން ކަމަށެވެ. އަދި ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނިތަކުގެ ވެރިންނާއި ސަރުކާރުގެ އިސް ވެރިންގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

https://www.facebook.com/share/v/FoaNhCTiRMoxrrjR/?mibextid=oFDknk

މުޒާހަރާގެ ބައިވެރިންގެ ތެރޭގައި އިޖުތިމާއީ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރާ ބައެއް އާއްމު ފަރުދުން ހިމެނެވެ.

އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ޕާޓީ ޕީއެންއެފްގެ ބޭފުޅުން ވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.

Loading

One Response

  1. އަޅޭ! އަމިއްލައަށް ޖަނަރޭޓަރު ގެނެސްގެން ހިންގަބަލަ. ބިލު ބޮޑެއް ނުވާނެ. އާނ ފަހެ. ބޭނުންކުރާ މިންވަރު މީޓަރުން ދައްކާއިރުވެސް މި އޮންނަނީ ބިލު ބޮޑުވެފައި. ނޫނީ އޮޅުވާލާފަޔޯ. ޗީ ޗީ.

Leave a Reply to ބަޗީ Cancel reply

ފަހުގެ އަޕްޑޭޓް