މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން  ޖުލައި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި

Loading

Facebook
Twitter
WhatsApp

މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަން އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ ތިން ދާއިރާއެއްގެ ގޮނޑި ހުސްވެފައެވެ. އެއީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާގެ ގޮނޑިއެވެ. 

މިކަންހާމަކޮށް (އިލެކްޝަންސް ކޮމިޝަން) އީސީން ކުރި އިއުލާނެއްގައި ބުނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އަދި އެ މަޤާމުތަކަށް ކުރިމަތި ލައްވަން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އީސީން ހާމަކުރެއެވެ.

މިގޮތުން މި ފެށޭ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ މަޤާމަށް ކުރިމަތި ލައްވަން އެދޭ ފަރާތްތަކަށް އެ ފުރުސަތު އޮތީ ހުޅުވާލާފައި ކަމަށް އީސީން ހާމަކޮށްފައި ވެއެވެ. 

މީގެ އިތުރުން އީސީން ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ އީސީގެ މެއިލް އަށް ކަމަށާއި އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ މެއިލް އަށް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް