ފަލަސްތީނަށް އެހީވުމަށް ޕީއެސްއެމުން ޓެލެތޯނެއް ކުރިއަށް ގެންދަނީ

Loading

Facebook
Twitter
WhatsApp

ފަލަސްތީނަށް އެހީވުމަށް ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ނިންމައިފިއެވެ. 

އެގޮތުން މި ޓެލެތޯން ކުރިއަށް ގެންދާނީ އެ އިވެންޓުގައި ބައިވެރިވާން ބޭނުންވާ ހުރިހާ މީޑިއާތަކާ ގުޅިގެންނެވެ. 

މި ޓެލެތޯން ބާއްވަން ހަމަޖެހިފައި ވަނީ މި ފެށޭ ޖޫން މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ. 

މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ކައުންސިލްތަކާއި ޖަމިއްޔާތަކަށްވެސް އެ ފުރުސަތު ދިނުމަށް ޕީއެސްއެމުން ވަނީ ނިންމާފައެވެ. 

ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 36،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 81،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމް ކޮށްލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް