ޗައިނާ އިން ރާއްޖެއަށް 44 ޓަނުގެ ފިޔާ ހަދިޔާކޮށް، ބަހާ ނިންމައިފި

Loading

Facebook
Twitter
WhatsApp

ޗައިނާ އިން ރާއްޖެއަށް 44 ޓަނުގެ ފިޔާ ހަދިޔާކޮށް، އާންމުންނަށް ބަހާ ނިންމައިފިއެވެ.

ރާއްޖެއަށް ފިޔާ ހަދިޔާ ކޮށްފައި ވަނީ ޗައިނާގެ ޗެމްބަރ އޮފް ކޮމާސްއިންނެވެ.

ޗައިނާ އިން ހަދިޔާ ކުރި ފިޔާ ބެހުމަށް ހަރަކާތްތެރިވެފައި ވަނީ ވޮލެންޓިއަރުންނެވެ. 

އެގޮތުން 24 ގަޑިއިރުގެ ތެރޭގައި 44 ޓަނުގެ ފިޔާ ވަނީ 7000 މީހުންނަށް ފޯރުކޮށްދީފައެވެ.

ޗައިނާ އިން ރާއްޖެއަށް ހަދިޔާ ކުރި ފިޔާ ބަހާ ނިމުމާއި ގުޅިގެން މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޝިން ވިދާޅުވީ ރާއްޖެއަށް ފިޔާ ހަދިޔާކޮށްފައި ވަނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ. 

މިގޮތުން ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި 44 ޓަނުގެ ފިޔާ 24 ގަޑިއިރު ތެރޭގައި އާންމުންނަށް ބަހާ ނިންމިކަން އެނގުމުން ގަބޫލު ކުރައްވަން ވެސް ދަތިވި ކަމަށެވެ. 

އެކަމުން ވެސް އަންގައިދެނީ ޗައިނާ އިން ދިން ހަދިޔާ ރާއްޖޭގެ ރައްޔިތުން ބަލައިގަނެ، އަގުވަޒަން ކުރިކަން ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް