ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް، ނައިބު ރައީސް ކަމަށް ނާޒިމް

Loading

Facebook
Twitter
WhatsApp

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިހާބުކޮށްފިއެވެ. 

މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމްގެ އިތުރުން ދެން ވާދަކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ. 

އެގޮތުން 92 މެމްބަރުންގެ ބައިވެރިވުމާއިއެކު ކުރިއަށްދިޔަ ވޯޓުގައި މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަހީމް އަށް 71 މެމްބަރުންގެ ވޯޓުދީފައި ވާއިރު، ރައީސް ކަމަށް ނާޒިލް އިންތިހާބު ކުރަން 14 މެމްބަރުން ވޯޓު ދީފައި ވާއިރު، ބާތިލު 7 ވޯޓުވެސް ހިމެނެއެވެ. 

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސްގެ މަޤާމު 80 މެންބަރުންގެ ވޯޓާއެކު ދިއްގަރު ދާއިރާގެ މެންބަރު ނާޒިމްއަށް ލިބިވަޑައިގެންނެވި އިރު، އޭނާއާ ވާދަކުރެއްވީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ. 

ވިހި ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބުކޮށްފައިވާއިރު، އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް