ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުން މަޤާމުގެ ހުވާ ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުން މަޤާމުގެ ހުވާ ކުރައްވައިފިއެވެ. 

 ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 93 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު 09:00 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މެމްބަރުންނަށް ހުވައިލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. 

އެގޮތުން ހުވާކުރެއްވުމަށްފަހު ކޮންމެ މެމްބަރަކު ވެސް ވަނީ އިގުރާރުގައި ސޮއިކުރައްވާފައެވެ.

ވިހި ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބުކޮށްފައިވާއިރު، އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީންނެވެ. ވިހިވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:15 ގަ އެވެ. މިގޮތުން އެ ޖަލްސާގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް