ރާއްޖެއަށް ބިން ހެލުމެއް އަތުވެއްޖެ 

Loading

Facebook
Twitter
WhatsApp

ރާއްޖެއަށް ބިންހެލުމެއް އަތުވެއްޖެއެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ބުނީ ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. 

އެގޮތުން ހަނިމާދޫގައި ޤާއިމުކޮށްފައިވާ ބިންހެލުން ރެކޯޑުކުރާ މީޓަރަށް މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.  

ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ. 

ހދ.ކުޅުދުއްފުއްޓާއި 234 ކިލޯ މީޓަރު ކައިރިއަށް މިރޭ 8:27 ގައި އައި މި ބިންހެލުން އައިސްފައި ވަނީ 4.5 މެގްނެޓިއުޑް ބާރު މިނުގައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް