އެމްޑީޕީގެ ފަރާތުން ކައުންސިލްތަކުގެ ބައި އިލެކްޝަނުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

 މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ފަރާތުން ކައުންސިލްތަކުގެ ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުވުމާއި ގުޅިގެން ހުސްވެފައިވާ ކައުންސިލް ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރަން ބާއްވާ ބައި-އިލެކްޝަންތަކުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލާފައިވާ ކަމަށެވެ.

ބައި އިލެކްޝަން ބާއްވަން ޖެހިފައިވާ ކައުންސިލްތަކަކީ: 

މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ

މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ

މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅި މެދު ދާއިރާ

ކުޅުދުއްފުށި ސިޓީގެ އުތުރު ކައުންސިލް މެންބަރު

ޅ. އަތޮޅު ކައުންސިލްގެ ރައީސް

ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު 

އެގޮތުން އެމްޑީޕީން ވަނީ އެ ދާއިރާތަކަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން، އެ އިއުލާނާއެކު ހިއްސާކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދިފައެވެ. 

އެހެންކަމުން އެމްޑީޕީން ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރުމަށްފަހު ޝައުގުވެރިކަން ފާޅުކުރާ ފޯމާއެކު މިފެށޭ ޖޫން މަހުގެ ތިންވަނަ ދުވަހުގެ 2:00ގެ ކުރިން ހުށަހެޅުމަށް އެދިފައެވެ. 

Loading

One Response

  1. Bro Fayyaz must go. MDP can not be Bro Adeeb style. Bro Fayya style was the same. Robbed from the state and became an angry bird. MDP members too doesn’t like it. So Ibbu can’t win much

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް