މާލެ ސަރަހައްދުގައި އެންޓިބޮޑީ ޓެސްޓްހެދުން ކުރިޔަށްދަނީ!

Loading

Facebook
Twitter
WhatsApp
     ކޯވިޑްް19 ޖެހިފައިވޭތޯ ބެލުމަށް ހަދާ އެންޓިބޮޑީ ޓެސްޓް ހަދަން މާލެ ސަރައްދުގައި އެހްޕީއޭއިން ފަށައިފިއެވެ. މި ޓެސްޓަކީ ބަލިފެތުރިފައިވާ މިންވަރު ދެނެގަތުމަށް ހަދާ ޓެސްޓްތަކެކެވެ. މި ބާވަތުގެ ޓެސްޓްކުރުމުން ކުރިން ކޯވިޑް19 ޖެހި ރަނގަޅުވެފައި ވާނަމަވެސް އެކަން ދެނެގަނެވޭނެއެވެ.
       މީގެ ކުރިންވެސް މާލޭގައިވަނީ އެންޓިބޮޑީ ޓެސްޓްތަކެއް ހަދައިފައެވެ. މިޓެސްޓްތައް ހަދާފައިވަނީ މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރޭގައި މިބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށެވެ. މިޓެސްޓްތަކުގެ އޭރުގެ ނަތީޖާ ދެއްކި ގޮތުން ޓެސްޓްކުރި މީހުންގެ 75 އިންސައްތަ މީހުންނަށް ވަނީ ބަލިޖެހި ރަނގަޅުވެފައެވެ.
       މިފަހަރު ކޯވިޑަށް އެންޓިބޮޑީ ޓެސްޓްކުރަން ފަށާފައިވަނީ އުމުރުން 18 އަހަރުން ދަށުގެ މަދަރުސާއަށް ދާ އުމުރުފުރާގެ ކުދިންނަށެވެ.
       އެހްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މީގެ ކުރިން ވަނީ އެންޓިބޮޑީ ޓެސްޓްތައް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް ހާމަކޮށްފައެވެ. އަދި މުޅި އާބާދީގައި ކޯވިޑް ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ހުރިހާ އުމުފުރާއެއްގެ ފަރާތްތަކަށް ވެސް މިޓެސްޓް ހަދަން ޖެހޭ ކަމަށް އެފަރާތުންވަނީ ހާމަކޮށްފައެވެ.
       ކޯވިޑުގެ ކޭސްތައް މަދުވި ނަމަވެސް އަދިވެސް އާންމު ޙާލަތަށް ރުޖޫޢަވުމަށް ރާއްޖެ މިވަނީ ނުކުޅެދިފައެވެ. މިއަދުވެސް ގިނަބަޔަކު މިތިބީ ވެރިރަށް މާލޭގައި ބަންދުވެފައެވެ. ކަރަންޓީނު ނުވެ ޗުއްޓީއެއްގައި ރަށަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލި ދިރިއުޅުން ވަނީ އުނދަގޫވެފައެވެ. އެތައް ބަޔެއްގެ މުޅި އުމުރު ދުވަހުން ބިނާކުރި ވިޔަފާރިތައް ވަނީ ބަނގުރޫޓުވެފައެވެ. އާންމު ދިރިއުޅުމުގެ ހާލަތައް ރައްޔިތުން ގެންދިޔުމަށްޓަކާ ސަރުކާރުންދަނީ ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ހުއްޓުމެއްނެތި ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް