މާލެ ސަރަހައްދުން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ 

Loading

Facebook
Twitter
WhatsApp

މާލެ ސަރަހައްދުން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. 

މިކަންހާމަކޮށް ފުލުހުން ދެންމެ ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ތ. މަޑިފުށި / ނައިޓްރޯސް، ޢާއިޝަތު ޒޯޔާ ފިކުރީ (14އ) ކަމަށެވެ. 

އަދި ޒޯޔާ މިހާރު ދިރިއުޅޭ އެޑްރެސް އަކީ ވ. ނާލިސް، ކަމަށާއި އޭނާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. 

ޢާއިޝަތު ޒޯޔާ ފިކުރީ އެންމެ ފަހުން ފެނިފައިވަނީ މެއި 21 ވަނަ ދުވަހު، އެކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. 

އެހެންކަމުން ޢާއިޝަތު ޒޯޔާ ފިކުރީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް