ސީރިޔާއިން ރާއްޖެއައި ދިވެއްސަކު ހައްޔަރުކޮށްފި!

Loading

Facebook
Twitter
WhatsApp
    ސީރިޔާގެ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށްފަހު އަނބުރާ ރާއްޖެއައި ދިވެއްސެއް ފުލުހުން ހިންގި އޮޕްރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.
       މިމީހާ ހައްޔަރު ކޮށްފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހައްޔަރު ކޮށްފައިވަނީ ސީރިޔާއިން އިއްޔެ ރާއްޖެއައި 34 އަހަރުގެ ދިވެއްސެއް ކަމަށެވެ. މިމީހާއަކީ ސީރިޔާގެ ދާޚިލީ ހަނގުރާމާގައި ބައިވެރިވިކަމަށް ތުޙުމަތު ކުރެވޭ ލިސްޓުގައި ހިމެނޭ މީހެއް ކަމަށް ސީޕީ ޙަމީދުގެ ޓްވީޓުގައި ހާމަކުރައްވާފައިވެއެވެ.

    މިމައްސަލަ މިހާރު ދަނީ ފުލުހުންގެ ސީރިޔަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
    ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ސީރިޔާގައި 170 އަށްވުރެން ގިނަ ދިވެހިން މިހާރުވެސް އެބަ ތިއްބެވެ. އޭގެ ތެރޭގައި ރާއްޖެ އަނބުރާ އަންނަން ބޭނުންވެފައިވާ މީހުންވެސް ތިބިކަން ވަނީ ފާހަގަވެފައެވެ. ސީރިޔާގައި ތިބި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ކަމުގެ މަޢުލޫމާތު އެކި ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ.
     ސީރިޔާގައި ތިބި ދިވެހިން ބޭރުގެ ދަޢުލަތްތަކާއި ގުޅިގެން ރާއްޖެގެނެސް، ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް މަސައްކަތްކުރަމުން ދާކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް