ގެސްޓް ހައުސްއެއްގައި މީހަކު ރަހީނު ކުރި މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފި

Loading

Facebook
Twitter
WhatsApp

މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ރަހީނު ކުރި މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ. 

ފުލުހުން ރޭ ބުނީ މާފަންނު ގެސްޓުހައްސްއެއްގައި މީހަކު ބަންދުކޮށްގެން ގެންގުޅޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. 

އަދި ބަންދުކޮށްގެން ގެންގުޅެފައި ވަނީ ނޭޕާލު މީހެއް ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފައި ވެއެވެ. 

އެގޮތުން އެ މައްސަލައާއި ގުޅިގެން ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނަކު  ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް