ދިވެހި ރައްޔިތުންގެ އެހީގައި އައިއޭސީން ފަލަސްތީނު ޕްރޮފެސާގެ އާއިލާ ރާއްޖެ ގެނެސްފި            

Loading

Facebook
Twitter
WhatsApp

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ޕްރޮފެސަރ ޑރ. ހަސަން އަލް ކުރުދީގެ އާއިލާ ޣައްޒާއިން ނެރުމަށް ދިވެހިރައްޔިތުންގެ އެހީގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން  (އައިއޭސީ) އިން ކުރަމުން އައި މަސައްކަތް ކާމިޔާބުވެ، އެ އާއިލާ މިއަދު ރާއްޖެ ގެނެސްފިއެވެ.  

އައިއޭސީން ބުނީ ދިވެހި ރައްޔިތުންގެ ދީލަތި އެހީއާއިއެކު އެ އާއިލާ ރައްކާތެރިކަމާއިއެކު ރާއްޖޭ ގެނެވުމަކީ އެކަމާ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. 

އެގޮތުން މިއަދު ޑރ.ކުރުދީގެ އާއިލާ ރާއްޖެ އައުމުން އައިއޭސީގެ ޓީމުން ވަނީ އެ އާއިލާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި އެ އާއިލާއަށް މަރުހަބާ ކިޔުމަށް އައިޔޫއެމްގެ ބައެއް މުވައްޒަފުންވެސް ބައިވެރިވެފައި ވެއެވެ. 

އައިއޭސީން ވަނީ މި އާއިލާ ރާއްޖެއަށް ގެނައުމުގައި ދިމާވި ބޮޑެތި ހުރަސްތަކުގައި ދިވެހި ރާއްޖޭގެ އިމިގްރޭޝަނުން ވެދެއްވާފައިވާ އަވަސް އެހީތަކަށް ޝުކުރު ދަންނަވާފައެވެ.

މިގޮތުން އިންސާނީ އެހީގެ މަސައްކަތުގައި އައިއޭސީއާއި އެކު އެ މުއައްސަސާއިން އަބަދުވެސް ބާއްވާ ގާތް ގުޅުމަށް ވަނީ ޝުކުރު ދަންނަވާފައެވެ. 

ގާޒާގެ ރަފަހުގައި ދިރިއުޅޭ އެ އާއިލާ ހަނގުރާމައިގެ ތެރެއިން ނުކުތުމަށް އާއިލާގެ ފަރާތުން އެހީތެރިކަމަށް އެދުނީ ޑރ. ކުރުދީގެ އަންހެން ދަރިފުޅު މިންނާ އަލް ކުރުދީ އެވެ. މިންނާ ވަނީ ފައިސާ އެއްކުރަން އެހީވެދޭ ’ގޯ ފަންޑް މީ’ގައި އެކަމަށް ޕޭޖެއް ހުޅުވައިފަ އެވެ. މީގެ އިތުރުން އޭގެ ފަހުން ޑރ. ކުރުދީ ވަނީ އައިއޭސީގެ އެހީތެރިކަމަށްވެސް އެދިފައެވެ. 

ޑރ. ކުރުދީގެ އަންބަކާއި 4 ކުދިން ތިބޭއިރު އެ މީހުން ދިރިއުޅެމުން ދިޔައީ ގާޒާގެ ރަފަހްގައެވެ. 

ޑރ. ހަސަން އަލް ކުރުދީ ވަނީ ރާއްޖޭގައި 8 އަހަރުވަންދެން ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. 

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް