މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބެނިކޮށް ސަލާމަތްކުރަން ފޭބި ދިވެއްސަކު ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ އދ ސެންޓާރާ ރިސޯޓުގައެވެ. އެގޮތުން ފަތުރުވެރިޔާ ސަލާމަތްކުރަން މޫދަށް ފައިބާފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފެކެވެ.
ފުލުހުން ބުނީ އދ. ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެ މީހާ ސަލާމަތްކުރަން މޫދަށް ފޭބި މީހަކު ގެނބިގެން މިއަދު 11:05 އެހާކަން ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން ދަނގެތި ހެލްތް ސެންޓަރަށް އޭނާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރާ ހަވާލާދީ ފުލުހުން ހާމަކުރެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވެފައި ވަނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.