ގެއްލިފައިވާ ކޭޝް ކާޑަކުން ވިޔަފާރިކުރި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
މިކަންހާމަކޮށް ފުލުހުންގެ ވެބްސައިޓުގައި ވީޑިއޯ އާންމުކޮށް ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ ގަލޮޅު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، ކޭޝްކާޑެއް ގެއްލިފައިވަނިކޮށް، އެކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައާ ގުޅިގެން ހޯދާ މީހެއް ކަމަށެވެ.
އެހެންކަމުން ވީޑިއޯއިން ފެންނަ މީހާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631699 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.