ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި އޭނާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށް ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ސުވާލު ކުރުމަށް ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ހޯދަން އިއުލާނުކޮށްފައި ވަނީ ޢަބްދުﷲ ނިޔާޒް / ގ. މުޖުމަރާގެ (51އ) އެވެ.
އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ފުލުހުން ވަނީ ނިޔާޒުއަށް ތަހުގީގަށް ހާޒިރުވުމަށް އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.
މިގޮތުން ފުލުހުން ވަނީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 28 ވަނަ ދުވަހުގެ 14:00 އަށް އޭނާ ހާޒިރުވުމަށް އާންމުކޮށް އަންގާ އިއުލާނުކޮށްފައެވެ.