ހައްދައިގެން އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ތަހުގީގު ކުރަނީ

Loading

Facebook
Twitter
WhatsApp

މީހުން ހައްދާލައިގެން އެކި ވާހަކަ ދައްކައިގެން އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ. 

މިކަންހާމަކޮށް ފުލުހުން މިއަދު ބުނީ މީހުން ގެންދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޓަވަރަކަށް ކަމަށެވެ. 

އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެފައި ވެއެވެ. 

މީގެ އިތުރުން ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން ގުޅައި ތަންތަނަށް ދާން އެދުނު ކަމުގައިވީ ނަމަވެސް ނުދިއުމަށް ފުލުހުން ވަނީ އެދިފައެވެ. 

އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައި ވާއިރު ހިޔާ ފްލެޓްގެ ވައިބާ ގްރޫޕެއްގައި ޖަހާފައިވާ ޕޯސްޓެއް ކަމަށް ބުނެ ދައުރުވަމުން އަންނަ މެސެޖެއްގައި ބުނެފައި ވަނީ ފޭސް ދޭއްގެ ބައެއް ޓަވަރު ތަކުގައި ދިރިއުޅެމުންދާ އަންހެނުންގެ ފަރާތުން ފިރިހެނުން ކިޑްނެޕް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ.  އެހެންކަމުން އެއްވެސް އަންހެނަކު ބުނެގެން އެ މީހުންގެ އެޕާޓްމަންޓަށް ނުދިއުމަށާއި ކުޑަކުދިން އިތުރަށް ސަމާލުވުމަށް އެ ޕޯސްޓުގައި އެދިފައި ވެއެވެ. 

Loading

One Response

  1. މުޅިގައުމުގެ ހުރިހާވައްތަރެއްގެ ފޭރޭ؟ ވަރަށް ދެރަކަމަކެވެ. ހުށްޓުވުނުގޮތަކަށް ހުށްޓުވަންޖެހެއެވެ. އެއީ އެންމެންގެ ސަލާމަތައްޓަކަސެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް