ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާ މި އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ސައުދީ އަރަބިއާއަށް ފުރާ ވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް އެ މިޝަންއިން ކުރަމުންދާނެ ކަމަށެވެ.
ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި ހިމެނެނީ 7 ފަރާތެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އޭގެ ތެރޭގައި ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާ ހިމެނޭ ކަމަށެވެ.
ޙައްޖު މިޝަންގައި މިއަހަރު ހިމެނި ވަޑައިގަންނަވަނީ
އުސާމް މުޙައްމަދު
މުޙައްމަދު ޝަކީލް
ޑރ. އަޙްމަދު އަސްލަމް ޢަބްދުﷲ
މުޙައްމަދު ރަމީޒް
އަޙްމަދު ޢަދީލް
ޢަބްދުލް ޢަޒީޒު އިސްމާޢީލް
ޖަންނަތު ސަޢީދު
ޒަމްޢަތު އަޙްމަދު ވަޙީދު
އިބްރާހީމް އަކްމަލް
މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1000 މީހުން ޙައްޖުގެ އަޅުކަމަށް ފުރާނެއެވެ.