މެރަދޫ ރިސޯޓުން މޫދަށް ފޭބި ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން މޫދަށް ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ. 

އެމްއެންޑީއެފުން މިއަދު ބުނީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ މުޙައްމަދު ސަވަން ފެނިފައި ވަނީ މިއަދުގެ 09:25 ހާއިރު ގއ. ރެސިޑެންސް މޯލްޑިވްސް ރިސޯޓްގެ މޫދުން އެ ރިސޯޓްގެ މުވައްޒަފުންނަށް ކަމަށެވެ. 

އަދި ފެނުނުއިރު، އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާ މަސައްކަތްކުރާ ރިސޯޓަށް ގެންދިއުމުގެ މަސައްކަތް ރެސިޑެންސް މޯލްޑިވްސް ރިސޯޓުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

މުޙައްމަދު ސަވަން ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އިއްޔެއިން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ދިޔައީ ކުރަމުންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް