ޑްރޯން އުދުއްސުމުގެ ކުރިން ހުއްދަ ނެގުމަށް އެމްއެންޑީއެފުން ހަނދާން ކޮށްދީފި

Loading

Facebook
Twitter
WhatsApp

ޑްރޯން އުދުއްސުމުގެ ކުރިން ހުއްދަ ނެގުމަށް ހަނދާން ކޮށްދީ ހުއްދަ ނުހޯދާ ޑްރޯން އުދުއްސާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. 

މިކަންހާމަކޮށް މޯލްޑިވްސް ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި އެއާޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން އުދުއްސާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެގޮތުން ޑިފެންސް މިނިސްޓްރީން ވަނީ އެއާޕޯޓްތައް ކައިރީ ޑްރޯން އެރުވުމަކީ ވައިގެ ދަތުރުފަތުރަށް އެކަމުގެ ސަބަބުން ނުރައްކަލެއް މެދުވެރިވެދާނެ ކަމެއް ކަމަށާއި ޑްރޯން އުދުއްސުމުގެ ކުރިން ހުއްދަ ހޯދުމަށް، މީގެ ކުރިންވެސް އަންގަފާއިވާ ގޮތަށް އަމަލުކުރުމަށް ހަނދާން ކޮށްދީފައެވެ. 

ހަމަ އެހެންމެ ރާއްޖޭގެ ކޮންމެ ދިމާއެއްގައި ޑްރޯން އަރުވަން ބޭނުންވި ނަމަވެސް ހުއްދަ ނަގައިގެން ޑްރޯން އެރުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައި ވެއެވެ.

މިގޮތުން ޑްރޯން އަރުވަން ހުއްދަ ހޯދުމަށް އެދި ރަސްމީ ބަންދުނޫން 3 ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެ މިނިސްޓްރީން އެދިފައި ވެއެވެ. 

މީގެ އިތުރުން ހުއްދަ ނުހޯދާ ޑްރޯން އުދުއްސާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށާއި އަޅާ ފިޔަވަޅަކާއި ގުޅިގެން ޑްރޯންތަކަށް ލިބޭ ގެއްލުމެއްގެ ޒިންމާ ޑިފެންސުން ނުނަގާނެ ކަމުގައިވެސް ބުނެފައި ވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް