މާލެއިން މީހަކު ގެއްލިގެން ހޯދަނީ 

Loading

Facebook
Twitter
WhatsApp

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. 

ފުލުހުން ދެންމެ ބުނީ ގެއްލިގެން ހޯދަމުން ދަނީ މއ. ބޯޅަކިންކިރީގެ، އަހުމަދު އައިމަން، 30 ކަމަށެވެ. 

އެގޮތުން ފުލުހުން ބުނީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. 

އައިމަން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު އޭނާގެ ދިރިއުޅޭ ގެއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ. 

އެހެންކަމުން ފުލުހުން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް