އިސްރާއީލީން ފަލަސްތީނުގެ އަންހެން އެކްޓިވިސްޓުންގެ އަގު ވައްޓާލުމަށް ޖިންސީ ތަފާތުކުރުުމުގެ ބޭނުންހިފާ ގޮތް!

Loading

Facebook
Twitter
WhatsApp

ފަލަސްތީނުގެ އަންހެން ޤައިދީން ވަނީ ޘަޤާފަތަށް ފުރައްސާރަކުރި ކަމަށް ބުނެ ނަފްސާނީ ފަރުވާއިން މަހުރޫމުކުރެވިފައެވެ.

ފަރަންސޭސިވިލާތުގެ ނަފްސާނީ ޢިލްމުވެރިއެއް ކަމަށްވާ ފްރަންޒް ފެނޮން އޭނާ ލިޔުއްވި ”އަ ޑަޔިންގް ކޮލޯނިއަލިސްމް“ ނަމަކަށް ކިޔާ ފޮތުގައި ފަރަންސޭސިވިލާތުގެ ބާރުގެ ދަށުގައި އަލްޖީރިޔާ އޮތް ދުވަސްވަރު ސިފަކޮށްދީފައިވެއެވެ. ”އަހަރެމެން އަލްޖީރިޔާގެ މުޖުތަމަޢުގެ ބިނާ ނެތި ކޮށްލަން ބޭނުންވާ ނަމަ، ފުރަތަމަ ޖެހޭނީ އެޤައުމުގެ ހުރިހާ އަންހެނުން އަހަރެމެންގެ ބާރުގެ ދަށަށް ގެންނާށެވެ. ގެތަކަށް ގޮސް އެމީހުން ހޯދަން ޖެހޭނެ އެވެ.“

ފަލަސްތީނުގައި އިސްރާއީލީން އަންހެނުންނާއި ފިރިހެނުންނަށް އަޅާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ވަރަށް ތަފާތެވެ. ފިރިހެނުން ޢާންމުކޮށް ކުރިމަތިލާން ޖެހެނީ ވަޒީފާއާ ގުޅުން ހުރި ގޮންޖެހުންތަކާއެވެ. ނަމަވެސް އަންހެނުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަޤާފީ ގޮތުން އޮންނަ ޖިންސީ ތަފާތުކުރުން އިތުރުވެގެން ދިއުމެވެ. އެއީ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އަންހެނުންނަށް މުޖްތަމަޢުގެތެރޭގައި ހަރަކާތްތެރިވެއުޅުމަށް ހުރަސް އެޅޭތީއެވެ.

ފަލަސްތީނުގެ ގިނަ ފިރިހެނުން އަދާކުރާ ވަޒީފާގެ ސަބަބުން އެމީހުންގެ ފިރިހެންވަންތަކަމާ މެދު ސުވާލު އުފެދި، މުޖުތަމަޢުގެ ތެރޭގައި އެމީހުންގެ އަގު ވެއްޓުމަށް މެދުވެރިވިއެވެ. އިސްރާއީލު ސިފައިން ބަލާފާސްކުރާ ތަންތަނުން އެމީހެއްގެ އަނބުރަށް ފުރައްސާރަ ކުރެވިއްޖެ ފިރިހެނަކަށް ކުރެވޭ އިހުސާސްތައް ގިނަފަހަރު ރައްދުވަނީ ގޭގައި އިންނަ އަންހެނަކަށެވެ.

­ފުރައްސާރައަށް ހިތްވަރުދިނުން.

ބާރުގެ ދަށުގައި ތިބޭ ޢާއިލާތައް ފަޤީރު ވުމާއި، އުޖާލާ މުސްތަޤްބަލެއްގެ އުއްމީދު ކުޑަވުމުގެ ސަބަބުން އަންހެން ކުދިން ޅައުމުރުގައި ކައިވެނި ކުރުމާއި، ފިރިހެން ކުދިން މަދަރުސާތަކަށް ދިއުން ހުއްޓާލުން ފަދަ ކަންތައްތަކަށް ހިތްވަރު ލިބިގެންދެއެވެ.

އިސްރާއީލުގެ ސިޔާސީ މީހުން ސިފަކުރާ ގޮތުން ފަލަސްތީނު އަންހެނުންނަކީ ދަރިން އުފަންވާ މިންވަރު އިތުރުކުރާ ބައެއްގެ ގޮތުގައެވެ. ނަމަވެސް ރަހުމް ކުޑަގޮތަކަށް ކުށެއްނެތް ބަޔަކާ ދެކޮޅަށް ކުރަމުންދާ ހަގުރާމާތަކުގައި ފަލަސްތީނުގެ އަންހެނުން ހިފަހައްޓާ އިސްރާއީލްގެ ސިފައިން ބަލާ ފާސްކުރާ ތަންތަނުގައި ތާށިވާ މާބަނޑު އަންހެނުން ހޮސްޕިޓަލް ތަކަށް ނުދެވުމުން އެމީހުންނަށާއި އެމީހުންގެ ބަނޑުގައިވާ ދަރިފުޅަށް ނޭދެވޭ އަސަރުތަކެއްކޮށް އެތަކެއް ފުރާން މިދުނިޔެއާއި ވަކިވެގެން ދެއެވެ.

ނަސްލީ ތަފާތު ކުރުންތަކުގެ ތެރޭގައި ފަލަސްތީނުގެ އަންހެން އެކްޓިވިސްޓުންގެ އަންހެން ވަންތަކަމާ މެދު މުޖުތަމައުގެ ތެރޭގައި ސުވާލު އުފައްދައި، އެމީހުންނަށް ފުރައްސާރަ ކުރުމަށް ފިރިހެނުންނަށް ހިތްވަރު ދިނުން ހިމެނެއެވެ.

2018 ވަނަ އަހަރު އިސްރާއީލުގެ ލަޝްކަރުގެ ތަރުޖަމާނު ފޭސްބުކް ޕޯސްޓެއްގައި މިފަދައިން ބުނެފައި ވެއެވެ. ”ރަނގަޅު އަންހެނަކީ އޭނާގެ ގެދޮރާއި ދަރިން ބެލުމުގައި އެހެން މީހުންނަށް ނަމޫނާ މީހެއްގެ ގޮތުގައި ފެނިގެންދާ މީހާއެވެ. އެއާ ޚިލާފަށް ގޯސް އަންހެނަކީ އޭނާގެ އަންހެން ވަންތަ ކަމާއި، މުޖްތަމައުގައި އޭނާއަށް ދެވިފައިވާ މަގާމާ މެދު ނުވިސްނައި ، ހިތައްއެރިހާ ގޮތަކަށް އުޅޭ މީހާއެވެ.“

އަންހެނުންގެ ގުދުރަތީ މަޤާމާ ބެހޭ ގޮތުން ދެކެވޭ ވާހަކަ ތަކުގެ ސަބަބުން އަންހެނުންނަށް ސިޔާސީ ދާއިރާގައި ކުރިޔަށް ދިއުމަށް ހުރަސްތަކެއް ކުރިމަތި ވެގެން ދެއެވެ. އެހެންކަމުން،އަނިޔާވެރިކަމާއި ހަމަނުޖެހުންތަކުން އަންހެނުން އެއްކިބާކުރުމަށް، އެމީހުންނަކީ ހަމައެކަނި ”ޘަޤާފީ ރޯލު“ އަދާ ކުރާ ބައެއްގެ ގޮތުގައި ބޭތިއްބުމަށް މުޖުތަމަޢުތަކާއި އާއިލާ ތަކަށް މަޖުބޫރު ވެއެވެ.

ސިޔާސީ ގައިދީން

 ޖިންސީ ތަފާތުކުރުމާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހިފައި ވަނީ ސިޔާސީ މައްސަލަ ތަކުގައި ގައިދު ކުރެވިފައިވާ އަންހެނުންނަށެވެ. އަހަންނަކީ ފަލަސްތީނުގެ ކުރީގެ އަންހެން ގައިދީން ތަކަކަށް ނަފްސާނީ އެހީތެރިކަން ފޯރު ކޮށްދިނުމުގައި މަސައްކަތް ކުރަމުންދާ މީހެކެވެ. މި މަސައްކަތުގެ ތެރެއިން، އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ އަންހެން ގައިދީންނަށް ބާރު ފޯރުވުމަށް ޖިންސީ ތަފާތުކުރުމުގެ ބޭނުން ވަރަށް ބޮޑަށް ހިފާފައި ވާކަން އެނގިގެން ދިޔައެވެ.

އިސްރާއީލުގެ ބާރުގެ ދަށުގައި ފަލަސްތީން އޮތް އިރު، އެތައްހާސް އަންހެނުންނެއް ވަނީ ހައްޔަރު ކުރެވިފައެވެ: ފިރިހެނުން ފަދައިން އެމީހުން ވެސް ގައިދު ކުރަނީ ސިޔާސީ މައްސަލައެއްގައި، ނުވަތަ އެމިހެއްގެ އާއިލާގެ ތެރޭގައި އުޅޭ ސިޔާސީ އެކްޓިވިސްޓުންނަށް ނުފޫޒު ފޯރުވުމަށެވެ.

Maldives News

މިދިޔަ އަހަރު، ޔުނިވާސިޓީ އެއްގައި އުޅޭ ކުއްޖެއް ކަމަށްވާ މާއިސް އަބޫ ޣޯޝް އަށް އެއްމަސް ދުވަސް ވަންދެން އަނިޔާކުރުމަށްފަހު، އޭނާގެ  އާއިލާއާއި ބައްދަލުވިއިރު ކާކުކަން ވަކި ނުކުރެވޭ ވަރަށް އަނިޔާލިބި، ސިފަ ބަދަލު ވެފައި ވާކަމަށް ވެއެވެ. މައުލޫމާތު ހޯދުމަށްޓަކައި އަންހެނުންނަށް ޖިންސީ ގޮތުން ގޯނާ ކުރުމަކީ ވަރަށް އާންމު ކަމެކެވެ.

ވަރަށް ގިނަ ފަހަރު، ގައިދު ކުރެވިފައިވާ އަންހެނުން އާއިލާ އާއި ބައްދަލު ވާނެ ގޮތެއް ނެތިފައި ތިބެންޖެހެއެވެ. އަދި އާއިލާގެ މީހުންނަށް ވެސް އެމީހުންނާ ބައްދަލު ކުރުމަށް ހުއްދަ ނުދީ ހިފަހައްޓަ އެވެ.

”އަހަރެން ބިރު ގަނެއެވެ.“

އަންހެން ގައިދީން ވަނީ ނަފުސާނީ އެހީތެރިކަން ލިބިގަތުމުން ވެސް މަހުރޫމް ކުރެވިފައެވެ. 2015 ވަނަ އަހަރު މީހަކު މަރާލުމަށް އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު، ދާރުއްސަލާމުގެ އަންހެނެއް ކަމަށްވާ އިސްރާ ޖާބިސް، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު ލިޔުނު އަސަރު ގަދަ ސިޓީ އެއްގައި، ޖަލުގައި މަސައްކަތް ކުރާ ސިފައިން އޭނާ އަށް ދަރިފުޅާ ބައްދަލު ކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓި ކަމާއި، ނަފްސާނީ އެހީތެރި ކަމަށް ބޭނުންވެފައިވާ މިންވަރު ހާމަކޮށްދީފައި ވެއެވެ.

”އަހަރެންނަށް ލޯގަނޑުން އަމިއްލަ ސޫރަ ފނުމުން ވެސް ބިރުގަނެއެވެ. އެހެން ވީއިރު އެހެން މީހަކަށް އަހަރެން ފެނިއްޖެ ނަމަ ކުރާނެ އަސަރު ސިފަކޮށްލާށެވެ.“ އޭނާ ލިޔުނެވެ. އަދި ޔޫއެން ގެ ގަވާއިދެއް ކަމަށް ވާ، އަންހެން ގައިދީންނަށް ބޭނުންވާ ސިއްޙީ އަދި ނަފްސާނީ ފަރުވާ ވަގުތުން ވަގުތަށް ދިނުމުގެ ގަވާއިދާ ހިލާފަށް، އޭނާއަށް ބޭނުންވާ ސިއްޙީ، އަދި ނަފްސާނީ އެހީތެރިކަމުން ވެސް މަހުރޫމު ކުރެވިފައި ވާކަން އޭނާ ބަޔާން ކުރިއެވެ.

އަންހެން ގައިދީންނަށް ޖަލުން ބޭރުގައި ހިނގާ ކަންތައްތަކުގެ އަސަރު ވެސް ކުރެއެވެ. ސަބަބަކީ، ފިރިހެނަކު ގައިދު ކުރެވިއްޖެ ނަމަ، އެފިރިހެނެއްގެ ޒިންމާތައް އަންހެނަކު އަދާ ކުރަމުން ގެންދާނެ އެވެ. ނަމަވެސް އަންހެނަކު ގައިދު ކުރެވިއްޖެ ނަމަ، އޭނާގެ މައިވަންތަ ކަމާ މެދު ސުވާލު އުފެދި، އޭނާގެ ޒިންމާތައް އަދާކުރުމަށް އެހެން އަންބަކު ހޯދުމަށް ފިރިމީހާއަށް މަޖުބޫރު ވެއެވެ.

ފާޅުގައި މިވާހަކަ ނުދެއްކުނު ކަމުގައި ވީނަމަވެސް، އަންހެން ގައިދީންގެ ބޮލުގައި އޭނާގެ ދަރީން ގަސްތުގައި ދޫކޮށްލި ކަމުގެ އިލްޒާމު އެޅުވެއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ އިރު ޖިންސީ ގޮތުން އަންހެނުންނަށް ގެއްލުން ލިބިފައި ހުރެދާނެކަމާ މެދު ވެސް ގިނަ މީހުން ވާހަކައެއް ނުދައްކައެވެ.

ފަލަސްތީނުގެ ފިރިހެނުންނަށް ޖަލުން ސަލާމަތް ވުމުން އުފަލާއި ހިތްހަމަޖެހުން ލިބިގެންދާއިރު، ގިނަ އަންހެނުންނަށް ޖަލުން ސަލާމަތްވުމަށްފަހު ވެސް ވަޒީފާއެއް ހޯދުމާއި، ބައިވެރިޔަކު ހޯދުމުގައި ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހެއެވެ.

ރޭވިފައިވާ އަނިޔާވެރިކަން

ފަލަސްތީނުގައި އަނިޔާވެރިކަމުގެ އެތައް ގޮތަކާއި ބާވަތެއް ވެއެވެ. މި ކަންތައްތަކުގެ ސަބަބުން ރައްޔިތުންގެ މިނިވަންކަމަށް ގިނަ ހުރަސްތަކެއް އެޅިގެން ދެއެވެ. އަންހެނުންގެ ތެރެއިން ވެސް، ސިޔާސީ ކުށްވެރިންނާއި، ކުރީގައި ގައިދު ކުރެވިފައިވާ މީހުންނަށް މިނިވަންކަން ލިބިގަތުމުގެ ތެރޭގައި ވަރަށް ގިނަ ހުރަސްތަކަކާ ކުރިމަތިލާން ޖެހެއެވެ.

Maldives News

ދުނިޔޭގެ އަންހެނުންގެ ހައްގު ތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވެސް ފަލަސްތީނުގެ އަންހެން ގައިދީންގެ ހައްގު ތަކާ މެދު އަޑުއުފުުލުމަށް ވަނީ ނުކުޅެދިފައެވެ. ނަމަވެސް ފަލަސްތީނުގައިވާ ޖިންސީ ތަފާތު ކުރުންތަކާއި އަނިޔާވެރިކަން ނައްތާލެވޭނީ ވެސް މިފަދަ ފަރާތްތަކަށެވެ.

ޖިންސީ ގޮތުން ބާރުތައްވަނީ ބަހާލެވިފައެވެ. އަންހެނުންގެ ބާރުތައް ހަނި ކުރެވިފައި ވާތީ، ގައުމު އަޅުވެތި ވުމަށް މަގުފަހި ވެގެންދެއެވެ. އެހެންކަމުން މިފަދަ ކަންތައްތަކުން ފަލަސްތީނީން އަރައިގަންނަން އެބަ ޖެހެއެވެ.

އަންހެނުން ގެ ބާރު ވެރިކަން އިތުރު ވެއްޖެ ނަމަ އެމީހުންނަށް ގައުމުގެ ކަންތައްތައް ބަދަލުކޮށް، ގައުމު ހަމަ މަގަށް އެޅުމަށް މަސައްކަތް ކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

– އަރޓިކަލް ލިޔުއްވީ ދާރުއްސަލާމަށް ނިސްބަތްވާ ނަފްސާނީ ޢިލްމު ވެރިއެއް ކަމަށްވާ ސަމާހް ޖަބްރް އެވެ.

– ސަމާހް ޖަބްރް އަކީ އޭނާގެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ބޭކަނބަލެކެވެ.

އެޅިގެން ދެއެވެ.، ބައިވެރިޔަކު ހޯދުމުގައި ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހެއެވެ.ކު ހޯ

maldives news

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް