ޒަކާތުގެ  މަޢުލޫޢުއަށް  ރާއްޖޭގެ  އެކި  ކަންކޮޅުތަކުގައި މިއަދު ދަރުސް  ބާއްވަނީ!

Loading

Facebook
Twitter
WhatsApp

ޒަކާތުގެ  މަޢުލޫޢުއަށް  ރާއްޖޭގެ  އެކި  ކަންކޮޅުތަކުގައި މިއަދު ދަރުސް  ބާއްވަން ނިންމައިފިއެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުގެ  ހުކުރު ޚުތުބާ ޒަކާތުގެ މައުޟޫއަށް ޚާއްސަ ކުރުމުގެ އިތުރުން މަޣުރިބު ނަމާދަށްފަހު މުދަލު ޒަކާތުގެ އުސޫލުތަކާއި މުހިއްމުކަމާ ބެހޭ ގޮތުން ދީނީ ދަރުސްތައް ބާއްވަން   ހަމަޖެހިފައިވާ ކަމަށެވެ. 

އެގޮތުން މާލޭގެ މިސްކިތްތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މުދަލު ޒަކާތާއި ގުޅޭ ދަރުސް މިއަދު މަޣުރިބު ނަމާދަށްފަހު އޮންނާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަރުސްތަކުގެ މަޤްޞަދަކީ، މުޖުތަމަޢުގެ ތެރޭގައި އިޖްތިމާޢީ ރައްކާތެރިކަމާއި ހަމަހަމަކަން ކުރިއެރުވުމުގައި އިސްލާމީ  އުސޫލްތަކަށް ބާރުއަޅައި،  މުދަލު ޒަކާތުގެ  މުހިންމުކަމަށް  ހޭލުންތެރި  ކުރުވުން ކަމަށެވެ.  

 އިސްލާމިކް މިނިސްޓްރީން ވަނީ މިއަދު ބާއްވާ ދަރުސްތަކުގައި  ވީހާވެސް  ގިނަ  ފަރާތްތަކުން  ބައިވެރިވުމަށް އިލްތިމާސް ކޮށްފައެވެ.   

މި  ދަރުސްތަކުގައި ބައިވެރިވުމަށް ބާރުއަޅަނީ  މީގެ  ސަބަބުން  ޒަކާތާއި  ގުޅޭ ޢިލްމު އިތުރުކޮށް، ޒަކާތުގެ ވާޖިބު އަދާކުރުމަށް  ބާރުއެޅުމަށް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

Loading

One Response

  1. موضوع ތާނައަކުރުން ލިޔާނަމަ ލިޔާނީ، “ މަޥްޟޫޢު.“ މިގޮތަށް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް