ވޭނަކާއި، ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި!

Loading

Facebook
Twitter
WhatsApp

ވޭނަކާއި، ސައިކަލެއް ޖެހި މާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ އެކަކުގެ ހާލު ސީރިއަސް ވެއްޖެއެވެ. މި އެކްސިޑެންޓްގެ މަޢުލޫމާތު ލިބިފައިވަނީ 18:08 ހާއިރުކަމަށް ފުލުހުން ބުނެއެވެ.

ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗް ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ފަހަތުން އައި ވޭނަކުން ޖެހި ސައިކަލްގައި ތިބި ދެމީހުންނަށް އަނިޔާވެފައިވާކަމަށާއި  ސައިކަލްގެ ފަހަތުގައި އިން އަންހެން މީހާގެ ހާލު ސީރިއަސްކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބުނީ އަނިޔާވި ދެމީހުންވެސް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ދެ އުޅަނދުވެސް ދުއްވާފައިވަނީ އެ ކެޓެގަރީގައި ލައިސަންސް އޮތް ދެމީހުންކަމަށެވެ. އަދި މިމައްސަލަ ތަޙްޤީޤްކުރަމުން ދާކަމަށްވެސް ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް