ވިރާޓު އާއި އަނުޝްކާ އިންޑިއާގެ ޕަޕަރާޒީންނަށް ޝުކުރު އަދާކޮށް ހަދިޔާ ދީފި

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ވިރާޓު ކޯލީ 36އ އާއި ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރުމާ 36އ އިންޑިއާގެ ޕަޕަރާޒީންނަށް ޝުކުރު އަދާކޮށް ހަދިޔާ ދީފިއެވެ. 

އެ ދެމަފިރިން ޕަޕަރާޒީންނަށް ޝުކުރު އަދާ ކޮށްފައި ވަނީ އަންހެން ދަރިފުޅު ވަމީކާ ވިރާޓްއާއި ކުޑަ ފިރިހެން ދަރިފުޅު އަކާއީ ކޯލީގެ ޕްރައިވެސީއަށް ޕަޕަރާޒީން އިހުތިރާމް ކޮށްފައި ވާތީއެވެ. 

އަންގާރަ ދުވަހު ޕަޕަރާޒީއެއް ވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވިރާޓުއާއި އަނުޝްކާގެ ފަރާތުން ލިބުނު ހަދިޔާތަކުގެ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

އެގޮތުން އެ ދެމަފިރިން ހަދިޔާ ކުރި ގިފްޓް ހެމްޕަރުގައި ޕަވަރ ބޭންކާއި ކުޑަ ދަބަހަކާއި ސްމާޓް ގަޑިއަކާއި ފެންފުޅިއެއް ހިމެނެއެވެ.

މީގެ އިތުރުން މި ހަދިޔާއާއެކު ނޯޓެއްގައި އެ ދެމަފިރިންގެ ދަރިންގެ ޕްރައިވަސީއަށް އިހްތިރާމްކޮށް އަބަދުވެސް އެއްބާރުލުން ދީފައިވާތީ ވަނީ ޝުކުރު އަދާ ކޮށްފައެވެ. 

ވިރާޓު އާއި އަނުޝްކާ ކައިވެނި ކުރީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އިޓަލީގައެވެ. އެ ދެމަފިރިންނަށް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެ ދޮށީ ދަރިފުޅު ވަމީކާ ލިބިފައި ވާއިރު މި އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެ ދެމަފިރިންނަށް ވަނީ ކުޑަ ދަރިފުޅު އަކާއީ ލިބިފައެވެ. 

ވިރާޓު އާއި އަނުޝްކާ މީގެ ކުރިން ބުނީ ސޯޝަލް މީޑިއާ އަކީ ކޮބައިކަން ދަރިފުޅަށް އެނގެންދެން ސޯޝަލް މީޑިއާއަށް ނުނެރުމަށް އެ ދެމަފިރިން ނިންމާފައިވާ ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް