މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިން  މީހަކު ހޯދަން އިއުލާނުކޮށްފި

Loading

Facebook
Twitter
WhatsApp

މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާނުކޮށްފިއެވެ. 

ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިންމީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ.

ނަމަވެސް އެ ތިން މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ. 

އެ ތިން މީހުންނަކީ ޢަލީ ޝަރީފް / ހއ. ތުރާކުނު، އަސުރުމާގެ (25އ)، އާއި ޢަލީ ޝަމީމް / ލ. ގަން، މަތިމަރަދޫ، ނަޔާޗާންދު (37އ) އަދި ޢާއިޝަތު ނުހާ / އދ. ކުނބުރުދޫ، މާބަގީޗާގެ (24އ) އެވެ. 

ފުލުހުން ވަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނުވަތަ އެ މީހުނާއި އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 21 ވަނަ ދުވަހުގެ 11:00 އަށް ހާޒިރު ވުމަށް އެ ތިން މީހުނަށް އާންމުކޮށް އަންގާ އިއުލާނުކޮށްފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް