ސިފައިންގެ އޮފިސަރަކަށްވާން ބޭނުން ޒުވާނުންނަށް އެމެރިކާއިން ކޯހެއް!

Loading

Facebook
Twitter
WhatsApp

އެމެރިކާގެ މިލިޓަރީ އެކަޑަމީ އިން އަންނަ އަހަރު ހިންގާ “ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ، ކްލާސް އޮފް 2025“ ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ރާއްޖޭގެ ފަރާތުން ހަ ޒުވާނަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި ހަތަރު އަހަރުގެ މުއްދަތަށް ކުރިޔަށްދާ މި ކޯހަކީ ބެޗްލަރސް ޑިގްރީ ކޯހެކެވެ.

މި ކޯހަށް ޝަރުތު ހަމަވާ ޒުވާނުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، މިމަހުގެ 28 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ ގެ ކޯސް ޑިޕާރޓްމަންޓުގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރުމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ގާތްގަޑަކަށް 4 ލައްކަ ދިވެހި ރުފިޔާގެ މި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުރިހާ ޒުވާނުންނަށް ވަނީ ހުޅުވާލާފައެވެ. ކޯހަށް ހޮވޭ ހިސާބުން އެ ޒުވާނަކު އެމްއެންޑީއެފްގެ ވަޒީފާއާއި ގުޅެންޖެހޭނެއެވެ. ޕްރައިވެޓެއްގެ ގޮތުގައި ކޯހުގައި ބައިވެރިވި ނަމަވެސް ކޯސް ފުރިހަމަކުރުމުން ރޭންކް އޮފިސަރުގެ މަޤާމަށް ބަދަލުވެގެންދާނެއެވެ. ކޯހުގެ މުއްދަތުގައި ހުރިހާ ހަރަދެއްކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާ ސަރުކާރުންނެވެ. ކޯހުގެ ހަރަދުތަކުގެ އިތުރުން ކޯހުގެ މުއްދަތު މުސާރައާއި ޕޮކެޓް މަނީވެސް ލިބޭނެއެވެ.

ކޯހަށް ހުށައަޅާ ޒުވާނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅު ޒުވާނަކަށް ވާންޖެހޭނެކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް