ވިހި ވަނަ މަޖިލީހުގައި ވެސް އެމްޑީޕީގެ މެމްބަރުން ވަކާލާތު ކުރާނީ ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރަން: ފައްޔާޒު

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ މެންބަރުން ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ވަކާލާތު ކުރާނީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. 


ފައްޔާޒު މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން، ނަވާރަވަނަ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރެއްވި ހުރިހާ މެމްބަރުންނަށް ޝުކުރާއި މަރުހަބާ ދަންނަވާ ފައްޔާޒު ވިދާޅުވީ މިދިޔަ ފަސް އަހަރު އެމްޑީޕީގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ގިނަ މަސައްކަތްތަކެއް ދަތި އުނދަގުލުގެ ތެރެއިން ވެސް މަޖިލީހުން ވަނީ ފުރިހަމަކޮށްފައި ކަމަށެވެ.

ހަމަ އެހެންމެ އެ ބަދަލުތަކަކީ ގައުމާއި ރައްޔިތުންނަށް މުސްތަގުބަލުގައި ގިނަ ފައިދާތަކެއް ކުރާނެ މުހިންމު ބަދަލުތަކެއް ކަމަށާއި ކުރިއަށް އޮތް މަޖިލީހުގައި ވެސް އެ ޕާޓީގެ މެމްބަރުން ވަކާލާތު ކުރާނީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ އެމްޑީޕީއަށް މި ފަަހަރުގެ މަޖިލީހުން ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ.

Loading

3 Responses

  1. ދެރައީ މިދޮޅުރޯނާތައް ދައްކާ ކޮންމެވާހަކައެއް ކަލޭމެން ލިޔާތީ. މިއީ ވެރިކަމަށް އެމްޑީޕީ އައިއިރުވެސް އިންޓަރނޭޝަނަލް ދަރަނިބޮލެއް. މަގާމެއް ހަމަ ލިބޭހާ މީހެއް އިއްޒަތްތެރިއެއް ނުވާނެ. އަދީބުކަހަލަ އިއްޒަތްތެރީން މިއީ. އެމްޑީޕީގެ ދުވަސް ދިޔައީ މިފަދަ ފެލިއަރުވާ މީހުން އެމްޑީޕީގެ ތެރެއިން ދެމިގަނެވުނީމާ. އެމްޑީޕީ އާއި ދަނޑިމޯ ތޮލެ ފެލި ބަވާ އެންމެފަހުން ރައްޔަތުންނަށް ހުރިހާ ގެއްލުމެއް. ފައިސާ އާއި މަގާމާ ހެދި ހޭބަލިވެފާ. ދެން މިއޮތީ އަނެއް ބާބު ”އަދުރޭގެ ބާބު“ ފެއްޓިފާ. މާރިޔާ އަމާގެ މިވެނިއެއްޗެކޭ ގޮވާ ފެލިއަރުވާފަ އެސްއޯފުލުންނަށް ފޑ ބޯންދީފާ، އެތިބީ އިއްޒަތްތެރިވެފާ. ދެން ގައުމު އިއްޒަތްތެރިވާނެ ވަރު ބަލަން ތިބޭށެވެ!

    1. އާހ! ތިއީ ހަމަ ތެދެއް. ހުރިހާ ދެރައެއް ރައްޔަތު މިހާއަށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް