މަގަށް ފެން ފައިބާގޮތަށް ހުރި 30 ގެއެއް އިސްލާހު ކުރަން އަންގައިފި

Loading

Facebook
Twitter
WhatsApp

މަގުމައްޗަށް ފެން ފައިބާގޮތަށް ހުރި 30 އިމާރާތެއް އިސްލާހުކުރަން މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލޭގެ އިމާރާތްތަކުން މަގުމައްޗަށް ފެން ފައިބާ ގޮތައް ހުރި ތަންތަނުގެ ވީޑިއޯއެއް އާންމު ކުރައްވާ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އިމާރާތްތަކުން ފެން ފައިބާ މައްސަލައަކީ ޒަމާނުއްސުރެ މާލެ ސިޓީގައި ހައްލުނުކުރެވި އޮތް މައްސަލައެއް ކަމަށެވެ.

ހަމަ އެހެންމެ މި މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް ފެށިފައިވާކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މި މަހު އެކަނި ވެސް މަގަށް ފެން ފައިބާ ގޮތަށް ހުރި 30 ތަނެއް ފާހަގަކުރެވިފައިވާތީ، އެ ތަންތަން މަރާމާތުކޮށް ރަނގަޅު ކުރަން އަންގާފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މާލޭގައި ހުރި މައްސަލަތައް ހައްލު ކުރަން ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް