ކުރީގެ ރައީސް ޞާލިހްގެ ވެރިކަމުގެ ފަހުގެ ދުވަސްކޮޅު، ރިޔާސީ އިންތިޚާބާއި ކައިރިވެފައި ވަނިކޮށް 76 އަހަރުގެ ޖަލު ހުކުމުގައި ހުއްޓާ މިނިވަން ކުރި ބޮޑު ކުއްވެރިޔަކު މަސްތުވާތަކެއްޗާއި އެކު އަނެއްކާވެސް އަތުލައިގެންފިއެވެ.
އެނގިފައިވާ ގޮތުގައި އެއީ ޅ. ނައިފަރު މުންތަޞަރު ޔޫސުފް ނަމަކަށް ކިޔާ މީހެކެވެ.
އެގޮތުން އޭނާ މިނިވަން ވެފައިވީ ނަމަވެސް އޭނާ މިވަނީ މަސްތުވާތަކެތީގެ ކުށުގައި އަނެއްކާވެސް ހައްޔަރު ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އޭނާ މިހާރު ހުރީ ފަހުން ތަޙްގީގަށް ބަންދުކޮށްފައެވެ.
ކުރީގެ ރައީސް ޞާލިހް އޭނާ މިނިވަން ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އޭނާގެ ޖަލު ހުކުމް އެއް ދުވަސް ކަމަށް ކަނޑައަޅުއްވާ އެ އެއްދުވަސް ތެރޭގައި ޖިނާއީ ކުށެއް ނުކޮށްފިނަމަ އޭނާ މިނިވަން ކުރަން ނިންމުމަށްފަހުއެވެ.
7 Responses
ސޯލިހު ބޮޑެތި ކުށްކުރާ މީހުން ދޫކުރީ ސިޔާސީ ބޭނުމަށް
ނަމުން ދޯ ޞާލިޙު ވަނީ
Abuse of constitution. That’s MDP. That’s why the public have a BIG no to MDP and the gang
މިސަރުކާރު ނޭވާހޮޅިޔަށް އެޅިއްޖެނަމަ ހަމަ ޖަހަނީ ތިފަދަ ފަނާކުރަނިވި ސަކަރާތެއް. ގާނޫނު ނުބައިކޮށް މާނަކޮށް ގާނޫނު އޮޅާލުން ހުށްޓުވަން އެބަޖެހޭ.
mivaru duk
ތި ސޯލިހަކީ ވެރިކަމާއިގެން ދަންޖެހިގެން ގޮސް ރާއްޖޭގެ ހުރިހާކަމެއް ހަލާކު ކޮށްލާފައިވާ ބޮޑު ހާއިނެއް. ނުކިޔަވާ ތިބޭ މިކަހަލަ ބުދަށް ވެރިކަން ލިބުނީމަ ވާނީވެސް މިކަހަލަގޮތެއް
Munthasiru mifaharu bandhu kuree masthuvaa ehchi feni genneh noon hageegaii neyngey vaahaka nudhehkun ragalhee