މަދީނާގައި ތިބި ދިވެހި ދަރިވަރުންނާ ރައީސް ބައްދަލު ކުރައްވައިފި 

Loading

Facebook
Twitter
WhatsApp

މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މަދީނާގައެވެ.

މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ 24 ދަރިވަރުން ބައިވެރިވި މި ބައްދަލު ކުރެއްވުމުގައި އެ ދަރިވަރުން ވަނީ އެ ކުދިން ބޭނުންވާ ކަންކަމާއި, އެ ކުދިންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ޙިއްޞާކުރައްވާފައެވެ.

މިއަދު ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ ދަރިވަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އަދި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު މަދީނާއަށް ކުރައްވާ ދަތުރުފުޅަކީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ މެހެމާންދާރީގައި، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް