އާއިލާތަކުގެ ހާލަތު ދެނެގަތުމަށް 'ހާލު ކިހިނެތްހޭ'  ނަމުގައި ޒިޔާރަތް ކުރަނީ

Loading

Facebook
Twitter
WhatsApp

.އާއިލާތަކުގެ ހާލަތު ދެނެގަތުމަށް  ’ހާލު ކިހިނެތްހޭ‘  ނަމުގައި ޒިޔާރަތް ކުރަން ނިންމައިފިއެވެ

މިކަންހާމަކޮށް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން ޑރ. އައިޝަތު ޝިހާމް ވިދާޅުވީ  މުޅި ރާއްޖެއަށް އަމާޒުކޮށް މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އާއިލާތަކަށް ޒިޔާރަތް ކުރުމަށް ’ހާލު ކިހިނެތްހޭ‘ މި ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމްގެ ތެެއިން އެ އާއިލާތަކުގެ ދަތިތަކާ ހާލު ދެނެގަނެވި، ހައްލެއް ހޯދުމަށް ގުޅިގެން މަސައްކަތް .ކުރައްވާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ

މިގޮތަށް މަސައްކަތް ކުރެވިއްޖިނަމަ ކުއްލިއަކަށް ބޮޑޫ ނުރައްކަލެއްގައި އުޅޭ ކުދިން ކުއްލި ކުއްލިއަށް ފެންނާކަށް ނުޖެހޭނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.                                                

ކުއްޖަކަށް ނިކަމެތިކަމެއް ދިމާވެއްޖެނަމަ އެއީ އެ ކުއްޖަކު ދުވަހަކު ވެސް ހަނދާން ނެތޭ ކަމެއް ނޫން ކަމަށާއި އެއީ މުޅި އުމުރަށް ވެސް އެކުދިން ގެންގުޅޭ ފާރުކޮޅުތަކެއް ކަމަށް އެ ކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. 
މީގެ އިތުރުން އެ ކަމަނާ ވިދާޅުވީ އެ ވުޒާރާއަށް ކުޑަކުދިންގެ ގިނަ މައްސަލަތކެއް ހުށަހެޅޭ ކަމަށާއި އެ ވުޒާރާއިން މަސައްކަތް ކުރަނީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް