ޔޫއެސް އިން އެމީހުންގެ އަމިއްލަ ޤައުމުގެ މީހުންނަށް ކުރަމުންދާ އަނިޔާ ހުއްޓާލުމަށް އީރާނުން ގޮވައިލައިފި

Loading

Facebook
Twitter
WhatsApp
Maldives News

”އެމީހުންނަށް ހަމަޖެހިލުމަށް ފުރުސަތު ދޭށެވެ.“ ޖޯޖް ފްލޮއިޑް ގެ މަރާ ގުޅިގެން ހިނގަމުންދާ މުޒާހަރާތައް ހޫނުވަމުންދާ މިހާލަތުގައި، ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޔޫއެސް އަށް އަމާޒުކޮށް ބުނެފައި ވެއެވެ.

މިނިއާޕޮލިސްގައި ފުލުހުން ކަޅު ނަސްލުގެ މީހަކު މަރާލުމާގުޅިގެން މުޅި ގައުމުގެ ތެރޭގައި މުޒާހަރާތަކާއި ހަމަނުޖެހުންތައް އިތުރުވެފައިވާ މިދަނޑިވަޅުގައި، އެގައުމުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް އީރާނުގެ ފޮރިން މިނިސްޓްރީ އިން އަޑު އުފުލައިފިއެވެ.

”އެމެރިކާގެ ރައްޔިތުންނަށް: މުޅި ދުނިޔެ އަށް ވެސް ތިޔަ ރައްޔިތުންގެ އާދޭހުގެ އަޑު އިވިއްޖެ އެވެ. އަދި މުޅި ދުނިޔެ ވެސް މިއަދު މިވަނީ ތިޔަ ރައްޔިތުންނާ އެކުގައެވެ.“ މިދިޔަ ހޯމަ ދުވަހު ޓެހްރާން ގައި އޮތް ނޫސް ކޮންފަރެންސެއްގައި ފޮރިން މިނިސްޓްރީ ގެ ތަރުޖަމާނު، އައްބާސް މުސާވީ ވިދާޅުވިއެވެ.

”އަދި އެމެރިކާގެ އިސް ވެރިންނާއި ފުލުހުންނަށް: އަމިއްލަ ވަތަނުގެ މީހުންނަށް އަނިޔާ ނުކޮށް، އެމީހުންނަށް ހަމަޖެހިލުމަށް ފުރުސަތު ދޭށެވެ.“ އިނގިރޭސި ބަހުން އޭނާ ނޫސްވެރިންނާ މުހާތަބު ކުރި އެވެ.

މެއި މަހުގެ 25 ވަނަ ދުވަހު، ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް ޖޯޖް ފްލޮއިޑް މަރާލުމާ ގުޅިގެން، އިންސާފު ހޯދުމަށްޓަކައި އެތައްހާސް ބަޔަކު ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ޔޫއެސް ގެ މަގު ތަކުގައި މުޒާހަރާ ކުރުމަށް ނިކުމެފައި ވެއެވެ.

ފްލޮއިޑް މަރުވެފައި ވަނީ، އޭނާގެ އަތުގައި ބިޑި އަޅުވާފައި ވަނިކޮށް، ހުދު ނަސްލުގެ ފުލުހެއް ކަމަށް ވާ ޑެރެކް ޗައުވިން، އޭނާގެ ކަރުގައި ގާތްގަނޑަކަށް 9 ވަރަކަށް މިނެޓު ވަންދެން ހިފެހެއްޓުމުން، ނޭވާ ހުއްޓިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް