އައިފޯން 12 އެޕަލް އިން ތައާރަފް ކޮށްފި!

Loading

Facebook
Twitter
WhatsApp

އައިފޯން-12 ގެ ހަތަރު މޮޑެލްއެއް ވަނީ ތައާރަފް ކޮށްފައެވެ. އެއީ އައިފޯން-12 އާއި އައިފޯން-12 މިނީ އަދި އައިފޯން-12 ޕްރޯއާއި އައިފޯން-12 ޕްރޯ މެކްސް އެވެ.

ރޭ ތައާރަފްކުރި ފޯނުތަކުގެ ތެރެއިން އެންމެ ވަރުގަދައީ އައިފޯން-12 ޕްރޯ އާއި ޕްރޯ މެކްސް އެވެ. ސްޓެއިންލެސް ސްޓީލްގެ ދެފޯނުގެ ހަތަރު ކުލައެއް ލިބޭނެއެވެ. އެއީ ސިލްވާ، ގްރެފިކް، ގޯލްޑް އަދި ޕެސިފިކް ބްލޫއެވެ. ޕްރޯގައި 6.1 އިންޗިގެ ޑިސްޕްލޭއެއް ހިމެނޭ އިރު ޕްރޯ މެކްސްގައި 6.7 އިންޗީގެ ޑިސްޕްލޭއެއް އިންނާނެއެވެ. ޕްރޯ އަދި ޕްރޯ މެކްސްގެ ކެމެރާ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

އަލަށް ތައާރަފްކުރި އައިފޯންގެ ހާއްސަ އެއްސިފައަކީ މިއައިފޯންގައި 5ޖީ ހިމެނުމެވެ. މީގެ އިތުރުން ދެން ހިމެނޭ އެންމެ ހާއްސަ އަނެއް ސިފައަކީ އައިފޯން-12 ވަޔަލެސްކޮށް ޗާޖް ކުރެވޭނެއެވެ.

އައިފޯން ތައާރަފް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެޕަލް ކުންފުނީގެ ސީއީއޯ ޓިކް ކުކް ވިދާޅުވީ މިރޭ ތައާރަފް ކުރި އައިފޯނާއި އެކު އަނެއްކާވެސް އައިފޯންގެ އާޖީލެއް ފެށުނީ ކަމަށެވެ. މިޖީލުގައި ވެސް އައިފޯން ވެގެން ދާނީ މީހުންގެ ފަރުދީ މިނިވަންކަމަށް ވަރަށް ބޮޑަށް އިހްތިރާމް ކޮށްގެން ފޯނު ބޭނުންކުރާ މީހުން އެދޭފަދަ ސިފަތައް ހިމަނައިގެން ނެރޭ ފޯނުތަކަކަށް ކަމަށް ޓިކް ކުކް ވިދާޅުވިއެވެ.

އެންމެ ބާރުގަދަ ދެފޯން ކަމަށްވާ އައިފޯން-12 އާއި އައިފޯން-12 ޕްރޯ މެކްސްގެ އަގު ބޮޑެވެ. އައިފޯން-12 ޕްރޯގެ އަގަކީ 999 އެމެރިކާ ޑޮލަރެވެ. އައިފޯން 12 ޕްރޯ މެކްސްގެ އަގަކީ 1099 އެމެރިކާ ޑޮލަރެވެ. އައިފޯން-12ގެ އަގަކީ 799 އެމެރިކާ ޑޮލަރެވެ. އައިފޯން-12 މިނީގެ އަގަކީ 699 އެމެރިކާ ޑޮލަރެވެ.

އެޕަލް އިން ބުނާ ގޮތުގައި އައިފޯން-12 ވާނީ ސްކްރީން ފަސޭހައިން ތަޅައިގެން ނުދާނެގޮތައް އުފައްދާފައިވާ ”އެންމެ ވަރުގަދަ ސްމާޓް ފޯނަށެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް