ދެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފަށައިފި!

Loading

Facebook
Twitter
WhatsApp

ޖޭއެސްސީން ދަނީ ދެ ފަނޑިޔާރެއްގެ މައްސަލަ ބަލަމުންނެވެ. އެ ދެ ފަނޑިޔާރުންނަކީ ސ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ތައްޔިބު އަދި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމެވެ.

މެޖިސްޓްރޭޓް ތައްޔިބު އަދި މެޖިސްޓްރޭޓް އަކްރަމްގެ މައްސަލަ ބަލަން ނިންމާފައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައެވެ. ޖޭއެސްސީ އިން ވަނީ ވޭތުވެދިޔަ ހަފްތާ އަދި މި ހަފްތާގައި ބޭއްވި ދެ ބައްދަލުވުމެއްގައިވެސް އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަމުންދާކަމަށް ބުނެ ނޫސް ބަޔާން ނެރެފައެވެ.

ދެ ފަންޑިޔާރުންނާ ބެހޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ ސުލޫކީ މައްސަލަތަކެކެވެ.އެގޮތުން، މެޖިސްޓްރޭޓް ތައްޔިބުގެ މައްޗަށް ހުށަހަޅާފައި ވަނީ މީދޫ ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުން މެޖިސްޓްރޭޓް ތައްޔިބު މި މައްސަލާގައި ގޮތް ނިންމެވުމުގައި ގާނޫނާ ހިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ބުނެ މެޖިސްޓްރޭޓް ތައްޔިބުގެ މައްޗަށް މައްސަލައެއް ހުށަހަޅާފައެވެ.

ފުވައްމުލަކު ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މައްޗަށް ވަނީ ދެ މައްސަލައެއް ހުށަހަޅާފައެވެ. އެއީ މެޖިސްޓްރޭޓް އަކްރަމް ހުކުމް ކުރެއްވި މައްސަލައެއްގައި ޝަރީއަތް ނިމުނުގޮތުގެ ހުލާސާ ރިޕޯޓް ދޫކުރި ފަހުން އެ ރިޕޯޓަށް ބަދަލުގެނެސް ބައެއް ނުކުތާ އިތުރުކުރި ކަމަށް ބުނާ މައްސަލަ އާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ދެ ގަޒިއްޔާއެއް ބެލުމުން ތަނާޒުލްވެފައި ވަނީ ހަގީގަތާ ހިލާފަށް މައުލޫމާތެއް ހިއްސާ ކުރުމަށްފަހު ކަމަށް ބެލެވޭ މައްސަލައެވެ.

މީގެ ކުރިން ވެސް އެކި އެކި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ، ފަނޑިޔާރުންނާ މެދު ޖޭއެސްސީން ވަނީ ފިޔަވަޅު އަޅާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް