ޣައްޒާ ހަނގުރާމަ ފެށުނުފަހުން ހިޒްބުﷲ އިން އިޒްރޭލަށް ދޭ އެންމެ ބޮޑު ހަމަލާ ފަށައިފި

Loading

Facebook
Twitter
WhatsApp

ޣައްޒާ ހަނގުރާމަ ފެށުނުފަހުން ލުބުނާނުގެ ހިޒްބުﷲ އިން އިޒްރޭލަށް ދޭ އެންމެ ބޮޑު ހަމަލާ ފަށާދައިވާކަމަށް އެ މުޖާހިދުންގެ ޖަމިއްޔާއިން ހާމަކޮށްފިއެވެ. 

ހިޒްބުﷲ އިން އިޒްރޭލަށް ދޭންފަށާފައިވާ އެންމެ ބޮޑު ހަމަލާގެ މައުލޫމާތު އެ ޖަމާއަތުން ހާމަކޮށްފައިވާއިރު، އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި ދެކުނު ލުބުނާނުގައި ހުރި ހިޒްބުﷲ ޖަމާއަތަށް ނިސްބަތްވާ މުޖާހިދަކު ޝަހީދުކޮށްލާފައިވާކަމަށް އެ ޖަމިއްޔާއިން ބުނިތާ މާގިނަ ދުވަސްތަކެއް ނުވެއެވެ. 

މިގޮތުން،  އެ ޖަމާއަތުން ބުނެފައިވަނީ ޝަހީދުކޮށްލެވުނު މުޖާހިދުގެ މަރުގެ ބަދަލުގައި، އިޒްރޭލުގެ އޭކަރ ސިޓީގެ އުތުރުން އޮންނަ އަސްކަރީ ބޭސްތަކަށް ޑްރޯން ހަމަލާތައް ދޭން ފަށާފައިވާކަމަށެވެ. 

މީގެއިތުރުން، އޭކަރ އާއި ނަހާރިއްޔާ އާއި ދެމެދުގައި އޮންނަ ދެ ބޭސް އަކަށްވެސް ޑީކޮއީ އަދި އެކްސްޕްލޯސިވް ޑްރޯން ބޭނުންކޮށްގެން ހަމަލާ ދޭންފަށާފައިވާނެކަމަށް ވެސް އެ ޖަމާއަތުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް