އިސްލާމްދީނާ ދެކޮޅަށް ނަފުރަތު އުފައްދާ ވާހަކަދެއްކުމުން ބޮޑުވަޒީރު މޯދީ ހޫނުފެނަށް!

Loading

Facebook
Twitter
WhatsApp

އިންޑިއާގެ އިންތިޚާބުގެ ކެމްޕޭން ރެލީއެއްގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްކެވި “އިސްލާމޯފޯބިކް” ވާހަކަތަކަކާއި ގުޅިގެން އެގައުމުގެ މުސްލިމުންނާއި، ސިޔާސީ އިދިކޮޅު ޕާޓީގެ މެންބަރުންގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް ލިބިއްޖެއެވެ. 

އިންޑިއާގެ ހުޅަނގުން އޮންނަ ރާޖަސްތާނުގައި ބޭއްވި އިންތިޚާބީ ހަރަކާތެއްގައި ވާހަކަދައްކަމުން މުސްލިމް އާބާދީއަށް ނިސްބަތްކޮށް މޯދީ ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީ، އިންޑިއަން ނެޝަނަލް ކޮންގްރެސް އަށް ވެރިކަން ލިބިއްޖެނަމަ، ގައުމުގެ މާލިއްޔަތު “ގައުމަށް އެތެރެވެގަނެގެން އުޅޭ” މީހުންނާއި، “ގިނަ ދަރީން ހޯދާ” މީހުންގެ މެދުގައި ބަހާލާނެކަމަށެވެ. 

ޮ“ކަންކަން ލިބިގަތުމުގައި އެންމެ ހައްގުކަން ބޮޑީ މުސްލިމުންނަށްކަމަށް ކޮންގްރެސްގެ އަތުގައި ބާރު އޮތްއިރު އެމީހުން ވަނީ ބުނެފަ. އެމީހުންނަށް ވެރިކަން ލިބިއްޖެނަމަ، ކަލޭމެންގެ މުއްސަނދިކަން ގިނައިން ދަރީން ހޯދާ ބައިގަނޑާއި، ގައުމަށް އެތެރެވެގަނެގެން އުޅޭ ބައިގަނޑުގެ މެދުގައި ބަހާ ހުސްކޮށްލާނެ.” މޯދީ ބުނެފައިވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް