ގުދަން ކުރިގޮތުން ގިނަ އަދަދެއްގެ ޓެސްޓު ކިޓް ހަލާކުވެއްޖެ!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19އަށް ޓެސްޓުކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ޓެސްޓު ކިޓު ގުދަން ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ހަލާކުވެފައިވާ ކަމަށާއި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އެޗް.ޕީ.އޭ އިން ބުނެފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑް-19 ދެނެގަތުމަށް ޓެސްޓްހެދުމަށް ބޭނުންކުރާ ބައެއް ކިޓްތަކުން ނަތީޖާ ނުނިކުންނަނީ ގުދަންކުރުމުގައި ދިމާވި މައްސަލައެއްގެ ސަބަބުންކަން ދެނެގަނެވުމުން އެކަމުގައި ބަލަންޖެހޭ ކަންކަން ހެލްތް އިމަޖެންސީގެ ކަމާގުޅުހުންހުރި ފަރާތަކުން ބަލަމުންދާކަމަށާއި އެކަން ދިމާވި ގޮތް ބަލައި އެކަމުގައި ޒިންމާވާން ޖެހޭ މީހަކު ހުރިއްޔާ ފިޔަވަޅު ވެސް އަޅާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ދިމާވިޔަ ނުދިނުމަށް ވެސް މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ކުރިއަށް އޮތް 20 ދުވަހު ބޭނުންކުރެވޭނެ ގޮތަށް 40،000 ޓެސްޓު ކިޓު އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަހުގެ ސަޕްލައި ވެސް ޔަގީންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ހާހަކަށްވުރެ ގިނަ ސާމްޕަލް ނަމަގަމުންދާއިރު، މިހާތަނަށް ކޯވިޑް-19 ދެނެގަތުމަށް މުޅި ރާއްޖެއިން 170،757 ސާމްޕަލްވަނީ ނަގާފައެވެ. މީގެ ތެރެއިން 10,943 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް