މެންބަރު އިކްރާމް ހަސަން، އޭނާގެ ސާމްޕަލް ނެގި ހިދުމަތްތެރިޔާއަށް، ހަމަލާދިން މައްސަލަ، ރައްޔިތުންގެ މަޖްލިސްގެ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީން ބަލައިދިނުމަށް، އެމް.އެޗް.ޕީ.ޔޫ އިން ރައްޔިތުންގެ މަޖްލިސްގައި އެދިއްޖެއެވެ.
ކޮވިޑް19އަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާއަށް މެންބަރު އިކްރާމް ހަމަލާ ދިން މައްސަލައެއް ފެންމަތިވީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ރެޔެވެ. މިކަމާ ގުޅިގެން އިކްރާމް ވަނީ މަޢާފަށްވެސް އެދިފައެވެ.

ރެޕިޑް ރެސްޕޮސްސް ޓީމަށް ދިން މިޙަމަލާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންއަން، އެމްއެޗްޕީޔޫއިންވެސްވަނީ ކުށްވެރިކޮށްފައެވެ. އެމްއެޗްޕީޔޫއިން ކުރި ޓުވިޓެއްގައި މިއަމަލަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަން ފާހަގަކޮށް މިމައްސަލަ ބަލައި ހައްޤު އަދަބުދިނުމަށްވަނީ ގޮވާލާފައެވެ
މެމްބަރު އިކްރާމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާ “ޝިފާނާ” އަދި ޝިފާނާގެ މަންމައާ މިއަދު ބައްދަލުކޮށްފައިވާނެ ކަމަށެވެ.
“އަދި އަޅުގަނޑަށް ބުނެވުނު/ކުރެވުނު ކަމަކަށް މައާފަށް އެދުނިން،” އިކްރާމް ވިދާޅުވިއެވެ.
އިކްރާމް ވިދާޅުވީ ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އާރްއާރްޓީ ޓީމުގެ ހުރިހާ މުވައްޒަފުންގެ ކިބައިން ވެސް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމް.އެޗް.ޕީ.ޔޫ އިންއިތުރަށް ވީދާޅުވީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މަތިކޮށްފައިވާ ފަރާތެއްގެ ކިބައިން މިފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމުގައެވެ.
ސިއްހީ ހިދުމަތްތެރިން އަދި ވޮލެންޓިއަރުން ދަނީ އާއިލާ އާއި ރަހުމަތްތެރިންނާ ދުރުގައި ނަފްސް ނުރައްކަލެއްގެ ތެރެއަށް ލައިގެން ކަމަށާއި އަދި މިހާލަތުގައި ފްެރޮންޓްލައިން ގައި މަސައްކަތް ކުރާ ކުދިން މަސައްކަތް ކުރަމުން ގެންދަނީ ލިބޭ އިނާޔަތަށް ވުރެން ބޮޑަށް ޤައުމީ ރޫހުގައެވެ. އެހެން ނަމަވެސް މުޖުތަމައު ތެރެއިން މަދުން ނަމަވެސް ފުރައްސާރައިގެ ބަސްތަކާއި ކުރިމަތި ލާންޖެހެއެވެ. މި އަމަލް ތަކުގެ ސަބަބުން ފްެރޮންޓްލައިންގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ނަފްސާނީ އަދި ޖިސްމާނީ ގެއްލުން ލިބެމުންދާތީ މިފަދަ އަމަލްތައް ހިންގާ ފަރާތްތަކާމެދު، ފިޔަވަޅު އަޅުމަށްވެސް އެމް.އެޗް.ޕީ.ޔޫ އިން ގޮވާލައިފައިވެއެވެ.
One Response
ހަމަލާ ހަމަލާއަކަށް ވީގޮތް ޚަބަރުގައި ނެތުމުން ވަރަށް ދެރައެވެ.