ތައިލެންޑްގައި ބަހަކާއި ރޭލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި!

Loading

Facebook
Twitter
WhatsApp

އިއްޔެ ހެނދުނު ތައިލެންޑް ގަޑިން 8:00 ޖަހާކަން ހާއިރު  ތައިިލޭންޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ޗަޗޮއެންގ ސާއޮ ޕްރޮވިންސް ގައި ރޭލަކާއި ބަހެއް ޖެހި އެކްސިޑެންޓްވެގެންނެވެ.

މި އެކްސިޑެންޓް ގައި 17 މީހެއް މަރުވެ 29 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފަވެއެވެ.

ތައިލެންޑް އަކީ އާންމުކޮށް މިކަހަލަ އެކްސިޑެންޓްތައް ގިނަ ޤައުމެކެވެ. ގިނައިން ހިނގަނީ ސައިކަލު އެކްސިޑެންޓް ތަކެވެ. ނަމަވެސް ބަސް އެކްސިޑެންޓް ތައް އަންނަނީ މަދުން ނަމަވެސް ހިނގަމުންނެވެ.

މީގެ އިތުރުން ޗުއްޓީ ނިންމާފަ ބަޔަކު ގޮވައިން އައި ބަހެއް 2018 މާރިޗް މަހު ވަނީ ޑައިރެކްޝަން އޮޅި ގަހަކަށް އަރާފައި ކަމަށް ރިޕޯރޓް ތަކުން ދައްކައެވެ. މިހާދިސާގައި 18 މީހުން މަރުވެ ގިނަ އަދަދެއްގެ މީހުންނަށް އެކި ވަރުގެ އަނިޔާތަކެއް ވަނީ ލިބިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް