މޮޅަދޫ ކައުންސިލްގެ ނައިބު ރައީސް ވަކި ކޮށްދޭން އެދި ޕެޓިޝަނެއް ހުށަހަޅައިފި!

Loading

Facebook
Twitter
WhatsApp
މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ބުނެ ހއ. މޮޅަދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު އާދަމް ވަކި ކޮށްދިނުމަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މޮޅަދޫގެ ޒުވާނުން އިސްނަގައިގެން ކައުންސިލަށް ހުށަހެޅި ޕެޓިޝަންގައި އެރަށުގެ ވަރަށް ގިނަ އަދަދެއްގެ ޒުވާނުންނާއި ރައްޔިތުން ވަނީ ޕެޓިޝަންގައި ސޮއި ކޮށްފައެވެ.ކައުންސިލަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ 160 މީހެއް ސޮއިކޮށްފައެވެ.
ޕެޓިޝަން ހުށަހަޅަން މަޖުބޫރުވީ، ކައުންސިލްގެ ނައިބު ރައީސް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާތީއާއި މަސްތުވާތަކެއްޗާއި ވައްކަމާ ގުޅުން ހުރި ގިނަ މައްސަލަތައް ތަކުރާރު ކޮށް ފުލުހަށް ހުށަހެޅުމުންވެސް އެކަން ކަމަށް އެއްވެސް ފިޔަަވަޅެއް އަޅާފައި ނުވާތީ ކަމަށް މޮޅަދޫގެ ޒުވާނުން ބުނެފައިވެއެވެ. މި މައްސަލަތައް ރަށުގެ ރައްޔިތުންގެ ފަރާތުން އިހަވަންދޫ ޕޮލިސްޓޭޝަނަށް ވެސް އެކި ފަހަރުގެ މަތިން ހުށަހަޅާފާއި ވާކަމަށް އެރަށުގެ ބައެއް ރައްޔިތުން ބުނެއެވެ. އަދި ކައުންސިލުގެ ނައިބު ރައީސްގެ ޢަމަލުތައް ހުންނަ ގޮތުން، ރަށުގެ ރައްޔިތުން އެކި ފަހަރު މަތިން ނަސޭހަތް ދިން ނަމަވެސް އޭނާގެ ފަރާތުން އެކަމަށް އިޖާބާ ދީފައެއް ނުވެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ނައިބު ރައީސް އޮފީހަށް ހާޒިރުނުވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.
     އެރަށު މީހުން ވަނީ ނައިބު ރައީސް ދިރިއުޅުއްވަމުން ގެންދަވާ ގޭގެ ކައިރީގަޔާއި އަދި ކައުންސިލް އިދާރާގެ ކުރިމަތީގައި ސުލްޙަވެރި އިހުތިޖާޖެއް ކޮށްފައެވެ. މިކަމުގެ ތެރެއިން އެއްވެސް ހަމަނުޖެހުމެއް އުފެދިފައެއް ނުވެއެވެ.
‌ މޮޅަދޫއަކީ އާބާދީގެ ގޮތުން މަދު މީސްކޮޅެއް ދިރިއުޅޭ ރަށެކެވެ. ނަމަވެސް ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އިޖުތިމާޢީ ރޫޙަކީ އެހެން ރަށްތަކަށް ނަމޫނާއެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް