ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ނުރައްކާތެެރި އެކްސިޑެންޓެއް ހިނގައިފި

Loading

Facebook
Twitter
WhatsApp

ިބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ނުރައްކާތެެރި އެކްސިޑެންޓެއް ހިނގައިިފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 1 ގެ ގުލްއަލާމާ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އިމިގުރޭޝަން ޑިޓެންޝަން ސެންޓަރ ކުރިމަތީ ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ރޭ 2:30 ހާއިރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގި ތަން ފެނުނީ އޭރު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެއީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެކްސިޑެންޓާ ގުޅިގެން ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު އިމިގުރޭޝަންގެ ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް