ވިލިމާލޭ ކުޑަކުދިންގެ ހިޔާއިންވެސް ކޮވިޑް ފެނިއްޖެ!

Loading

Facebook
Twitter
WhatsApp

ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭގަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުޑަކުދީންގެ ހިޔާގައި ތިބި ދެކުއްޖެގެ ޓެސްޓުގެ ނަތީޖާ އިއްޔެ ލިބުނު އިރު އެ ދެ ކުދީން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެތަނުގައި މިވަގުތު 89 ކޮންޓެކްޓުން އައިޑެންޓިފައިކުރެވިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ބަލީގެ އަލާމާތްތައް ހުރި އިތުރު ހަތަރު ފަރާތެއް ތިބުމުން އިއްޔެ އެމީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށާއި މިއަދު ނަތީޖާ ލިބުނުއިރު އެ ހުރިހާ ފަރާތްތައްވެސް ނެގެޓިވް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ފިޔަވަތިންވެސް ވަނީ މިއަދު އިތުރު ދެ ކުއްޖަކު ޕޮޒިޓިވްވެފަ އެވެ.

ކޮވިޑްގެ ކޭހެއް ފުރަތަމަ ފިޔަވަތިން ފެނުނީ އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ގައިން މިދިޔަ މަހު 30 ވަނު ދުވަހު އެވެ.

އެއަށްފަހު އެތަނުގައި ނުވަ ކުޑަކުދިންނާއި އެކުދިން ބަލަހައްޓާ ފަސް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހާމަކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.

ފިޔަވަތީގައި މިހާރު ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ ޖުމްލަ 23 އަށް އަރާފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އޭގެތެރޭގައި މިއަދު ޕޮޒިޓިވްވި ދެ މީހުން ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް